ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ރައީސް ޑރ. މުޢިއްޒު ސިންގަޕޫރަށް ކުރަށްވާ މި ދަތުރުފުޅަކީ އަމިއްލަ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ރައީސް އޮފީހުން ހާމަކުރަށްވާފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރައީސް މުޢިއްޒު ވަނީ މީގެ ކުރިންވެސް ނުރަސްމީ ދަތުރުފުޅުތަކެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ ބޭރުގެ އެކި ޤައުމުތަކަށް ރަސްމީ ދަތުރުފުޅުތައްވެސް ކުރަށްވައި، ރާއްޖެއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން އެކި ޤައުމުތަކުގެ އިސްވެރިންނާ މަޝްވަރާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް މިރޭ ފުރާވަޑައިގަތް ނަމަވެސް، އެމަނިކުފާނު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީޚެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު