ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަޤުބޫލުކަން އާންމުންގެ މެދުގައި ދަށްވަމުންދާ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ މަސްލަހަތަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިއެވެ.
ޕާޓީގެ އެތެރޭގެ މަސްދަރުތަކާއި ޙަވާލާދީ ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ، ޕީއެންސީގެ ކޮންގްރެސް ބޭއްވުމުގެ ހުރިހާ ބާރުތަކެއް ޕާޓީގެ ލީޑަޝިޕަށް ދިނުމަށް ރައީސް މުޢިއްޒު ސެނެޓަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސެނެޓުގެ އަޣުލަބިއްޔަތުން ވަނީ ދެކޮޅު ހަދާފައިވާ ކަމަށެވެ. ޕީއެންސީގެ ސެނެޓްގެ މެންބަރަކާއި ޙަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ، މިއީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޕާޓީގެ އެތެރޭގެ ނިންމުމެއްގައި ރައީސަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ.
ކޮންގްރެސްގެ އިންތިޒާމުތައް ހަމައެކަނި ލީޑަޝިޕުން ނިންމުމުގެ ބަދަލުގައި، ސެނެޓުން ނިންމާފައިވަނީ، އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށެވެ. މި ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި، މަޖިލީހުގެ ބައެއް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.
އޭގެތެރޭގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް، ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުالله)، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު (ހަސަނާ)، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ހިމެނިވަޑައިގަންނަވައެވެ.
ޕާޓީގެ އެތެރޭގެ މަސްދަރުތަކާ ޙަވާލާދީ މީޑިއާތަކުގައިވަނީ، ސަރުކާރުގެ ސިޔާސަތުތަކާ މެދު ޕާޓީގެ ސެނެޓަރުންނާއި، މެންބަރުންގެ މެދުގައި ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު ބޭއްވި ރިފަރެންޑަމްގައި 70 އިންސައްތަ ރައްޔިތުން ސަރުކާރުގެ ހުށަހެޅުއްވުމާ ދެކޮޅަށް ވޯޓު ދިނުމާއި، ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ޕީއެންސީގެ އެތެރޭގެ މަސްރަޙްގައި ހިތްހަމަ ނުޖެހުންތަކެއް އުފެދިފައިވާ ކަމަށްވެއެވެ.
ޕީއެންސީގެ އެތެރޭގެ މައްސަލަތައް މީޑިއާއަށް ފެންމަތިވާން ފަށާފައިމިވަނީ، އެޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން، ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ފަށާފައިވާކަންވެސް މިފަހުން ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު