ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހައި މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް އަޑު ކަނޑާލަން އިސްލާމިކް މިނިސްޓްރީން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ނަމާދު ގަޑީގައި މާލޭގެ މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް ހެދުމަށް އަންގާފައިވާ ކަމަށް ބުނެ، ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓަރު ޝަހީމް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލޭގެ ހުރިހާ މިސްކިތްތަކަކުން އަޑު ކަނޑާލަން އެންގި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި މިސްކިތްތައް ވަރަށް ކައިރިކައިރީގައި ހުރުމުގެ ސަބަބުން، އެއް މިސްކިތުގެ އަޑު އަނެއް މިސްކިތަށް އިވި، ނަމާދުކުރާ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާތައް މީގެ ކުރިންވެސް ފެންމަތިވުމުން އެފަދަ މިސްކިތްތަކުގެ އަޑު ކުޑަކޮށް މަޑުކުރުމަށް އިސްލާމިލް މިނިސްޓްރީން އިރުޝާދު ދިންކަމުގެ ޚަބަރުތައް މީޑިއާގައި ދައުރުވެފައިވެއެވެ.
ނަމަވެސް ސަރުކާރުން އަބަދުވެސް ބުނަމުންދަނީ އިސްލާމީ އުޞޫލުތަކާއި ދީނީ ކަންކަން ހެޔޮ ގޮތުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު