އެމްޕީ ޔަތަލް އަދި ރައީސް ނަޝީދު
އެމްޕީ ޔަތަލް އަދި ރައީސް ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް އަލިފުށީ ދާއިރާގެ މެންބަރު އަބްދުލްލަތީފް އަބްދުއްރަހްމާން (ޔަތަލް) ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ ކުރެއްވި ޕޯސްޓެއްގައި ޔަތަލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި އަދި އެމަނިކުފާނާއި ޕީއެންސީގެ މި ސަރުކާރުގެ ދިފާޢުގައި އޭނާ ހުންނެވީ ނުގުޑާ ފަދަ ސާބިތުކަމަކާ އެކު ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތައް ފަތުރަން ފެށީ، އެމްޑީޕީއަށް ސިޔާސީ ގޮތުން ކުރާނެ ކަމެއް ނެތި، ހަމަ ރަނގަޅަށްވެސް ގޮތް ހުސްވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޕީއެންސީގެ މިސަރުކާރުގެ ދިފާއުގައި މިހުރީ ސާބިތުކަމާއެކު." ޔަތަލް ވިދާޅުވިއެވެ.



ޔަތަލް މިމޭރުމުން ރައީސް ނަޝީދަށް ރައްދު ދެއްވާފައިވާއިރު، ޔަތަލް އާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އާއި ދެ ބޭފުޅުންގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމަކީ، މަޤްބޫލުކަން ގެއްލިފައިވާ ރައީސް ޑރ. މުޢިއްޒު ދިފާޢުކުރުމަށް ނަގާލާނެ ރަޙްމަތްތެރިކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިފަދަ ވާހަކަތަކެއް ފެންމަތިވެފައިމިވަނީ، މަޖިލީހުގެ ނައިބުރައީސް ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޔަތަލް ނިސްބަތްވާ ޕީއެންސީން މަޖިލީހަށް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ. އަދި ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން ވަކިކުރަނީ މަޖިލީހުގެ 23 މެންބަރަކާއެކު ޕާޓީ ބަދަލު ކުރަށްވާތީ ކަމަށް ރައީސް ނަޝީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު