ނެޓްފްލިކްސް އިން އުފައްދާފައިވާ އާ ކްރައިމް ކޮމެޑީ ފިލްމު "މާ ބެހެން" ގެ ފޯރިގަދަ ޓްރެއިލާ އާންމުކޮށްފިއެވެ.

މަޝްހޫރު އެކްޓްރެސް މަދޫރީ ޑިކްސިޓް އާއި ތުރިޕްތީ ދިމްރީ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ އާއިލީ

މައްސަލަތަކާއި، ކުއްލި މަރުގެ ހާދިސާއަކާ ގުޅިގެން ކުރިމަތިވާ ހަލަބޮލި ކަންތައްތަކެއް މަޖާ ގޮތަކަށް ފެނިގެންދާނެ ފިލްމެކެވެ. އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރާ މި ފިލްމުގައި މާދުރީ އާއި ތުރިޕްތީގެ އިތުރުން ދަރްނާ ދުރްގާ އަދި ރަވީ ކިޝަން މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ސުރޭޝް ޓްރިވޭނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ "އެބަންޑަންޝިއާ އެންޓަޓައިންމަންޓް" އާއި "އޯޕަނިންގ އިމޭޖް ފިލްމްސް" ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ "އަދަރްޝް ކޮލޮނީ" ގައި ދިރިއުޅޭ ރޭކާ (މަދޫރީ)، ޖަޔާ (ތުރިޕްތީ) އަދި ސުޝްމާ (ދަރްނާ) އާ ދިމާވާ ކުއްލި ހާދިސާއެއްގެ މައްޗަށެވެ. އެމީހުންގެ ގޭތެރެއިން ފެންނަ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފޮރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން، އަވަށްޓެރިންގެ އުނދަގުލާއި އާއިލީ މައްސަލަތަކުގެ ސަބަބުން ކަންތައްތައް ބޮޑު ގަނޑުބަޑަކަށް ބަދަލުވެގެންދެއެވެ.

މި ފިލްމާ ގުޅޭގޮތުން ޑައިރެކްޓަރު ސުރޭޝް ޓްރިވޭނީ ބުނީ، މިއީ އާއިލާއެއްގެ ތެރޭގައި ޖެހޭ މައްސަލަތަކާއި، ކުއްލިއަކަށް ދިމާވާ "ކާންޑް" ނުވަތަ ބޮޑު މައްސަލައަކުން ސަލާމަތްވުމަށް ކުރާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ ކޮންމެ ކެރެކްޓާއަކުންވެސް ތަފާތު ރޫހެއް ފެންނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ފިލްމުގެ ލީޑް ރޯލު ކުޅޭ މަޝްހޫރު އެކްޓްރެސް މަދޫރީ ބުނީ އޭނާ ކުޅޭ ރޭކާގެ ކެރެކްޓާއަކީ އާންމުކޮށް ހިންދީ ސިނަމާއިން ފެންނަ މަންމަގެ ސިފަތަކާ ތަފާތު، އުންމީދު ނުކުރާ ފަދަ ކަންތައްތަކެއް ކުރާ މަންމައެއްގެ ރޯލު ކަމަށެވެ. އަދި މިއީ މުޅި އާއިލާ އެކުގައި ބަލާލެވޭނެ މުނިފޫހިފިލުވުމުގެ ފިލްމެއް ކަމަށްވެސް އޭނާ ބުންޏެވެ.

ތުރިޕްތީ ބުނިގޮތުގައި، މަދޫރީ އާއެކު މަސައްކަތް ކުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އޭނާ ފިލްމުގައި ކުޅެނީ ގޭގެ ކަންތައްތައް ރަނގަޅަށް ބަލަހައްޓަން އުޅޭ ނަމަވެސް، މައްސަލަތަކުގެ ތެރެއަށް ވަދެވޭ "ޖަޔާ" ގެ ރޯލެ

ވެ. މީގެ އިތުރުން ރަވީ ކިޝަން އާއި ދަރްނާ ދުރްގާ ވެސް ވަނީ މަދޫރީ އާއެކު މަސައްކަތް ކުރަން ލިބުމުން އެކަމުގެ އުފާ ފާޅުކޮށްފައެވެ.

މި ފިލްމުގެ ސްކްރީންޕްލޭ އަދި ޑައިލޮގްތައް ލިޔެފައިވަނީ ޕޫޖާ ތޯލާނީ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ގީތާންޖަލީ ކުލްކަރުނީ، އަރުނޯދޭ ސިންގް އަދި ޝަރުދުލް ބަރަދްވާޖް ހިމެނެއެވެ. "މާ ބެހެން" ބެލުންތެރިންނާ ހަމައަށް އަންނާނީ ޖޫން 4 ގައެވެ.



ކިޔުންތެރިންގެ ހިޔާލު