އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގެ ތެރެއިން، ދިވެހިރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރައީސް މުޙައްމަދު ނަޝީދު އެއް ތަށިން ފަރިއްކުޅުއްވަން ތިއްބަވާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކާއި އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މިއީ ދެ ރައީސުންގެ ދެމެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނެތިގޮސް، އެ ބޭފުޅުންގެ ގުޅުން އަލުން ބަދަހިވަމުން އަންނަކަމުގެ ވަރުގަދަ ހެކިދޭ މަންޒަރެކެވެ.
މި މަންޒަރާއެކު އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި ބޮޑު އުފާވެރިކަމެއް އުފެދިފައިވާއިރު، މިއީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ ސިޔާސީ ހަރަކާތްތައް އެއްގަލަކަށް އަރުވައި ވަރުގަދަކުރުމަށް ލިބުނު ބޮޑު ބާރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިޙަކީ ހަމައެކަނި ސިޔާސީ ދާއިރާގެ ބައިވެރިންނެއް ނޫނެވެ. ދެ ބޭފުޅުންނަކީ ކުޑައިރުއްސުރެ އެކުގައި އުޅުއްވި، އަދި އާއިލީ ގޮތުންވެސް ވަރަށް ގާތް، ޒަމާންވީ ދެ އެކުވެރިންނެވެ.
ނަމަވެސް، ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ބޮމުގެ ހަމަލާއަށްފަހު، ސަލާމަތީ ކަންކަމާއި ސިޔާސީ ބައެއް ނިންމުންތަކާ ގުޅިގެން ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑަށް ބުރޫއަރައި، ސިޔާސީ ގޮތުން ދެބަސްވުންތައް ބޮޑުވެގެންދިޔައެވެ.
އެހެންނަމަވެސް، ފަހަކަށް އައިސް ދެ ބޭފުޅުން އެކުގައި ބާއްވަވާ ބައްދަލުވުންތަކާއި، ގާތްކަން ހާމަވެގެންދާ މިފަދަ މަންޒަރުތަކުން މިދިވެހި ރާއްޖެ ހަމަމަގަށް އަޅުވަން ބޭނުންވާ ކޮންމެ ދިވަހި ރައްޔިތުންގެ އުއްމީދާވަނީ ގުޅިލާމެހުފައެވެ. ހާއްސަކޮށް އެމްޑިޕީގެ އާއްމު މެމްމބަރުންގެ މެދުގައި އޮތް ނުތަނަވަސްކަން ފިލައިގެންދާނެ މަންޒަރުތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ބައެއް މެމްބަރުން ދެކޭގޮތުގައި މިފަދަ މަންޒަރުތަކުން ބަދަލަކަށް ބޭނުންވެފައި ތިބި މީހުންނަށް ލިބިގެންދާ އުންމީދީ މެސެޖެއް ކަމަށާއި، އަދި މިއީ ރާއްޖޭގެ ސިޔާސީ އޮއިވަރަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެއްގެ ފެށުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު