ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ގުޅިގެން، ރާއްޖޭގެ ކުރީގެ ރައީސުން ގުޅިވަޑައިގެން ބައިނަލްއަޤުވާމީ މުޖުތަމައުގެ ތާޢީދާއި އެހީތެރިކަން ހޯއްދެވުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިފިއެވެ.
މި މަސައްކަތް ފެއްޓެވުމުގެ ގޮތުން ކުރީގެ 3 ރައީސުން ވަނީ، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ މަޝްރަޙަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެން، ބައިނަލްއަޤުވާމީ ބައިވެރިންނަށް ސިޓީއެއް ފޮނުއްވާފައެވެ.
މި ސިޓީގައި ކުރީގެ ރައީސުން ފާހަގަކުރަށްވާފައި ވަނީ، 10 މެއި 2026 ގައި ކޯޓަކުން ނެރުނު އަމުރަކުން، ރައީސުލްޖުމްހޫރިއްޔާއާ މެދު ތުހުމަތުތަކެއް ހިމެނޭ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ދެއްކުން މުޅިން މަނާކޮށްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި މިފަދަ ހަރުކަށި އަމުރެއް ނެރުނު ފުރަތަމަ ފަހަރު ކަމަށް ސިޓީގައިވެއެވެ.
މި އަމުރާ ގުޅިގެން، 12 މެއި 2026 ގައި ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާންއާއި ލީވާން ޢަލީ ނާޞިރު ޖަލަށް ލާފައިވާ ކަމަށާއި، ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މި ޝަރީޢަތުގައި، ވަކީލަކު ހޯދުމަށް އެ ނޫސްވެރިންނަށް ދީފައިވަނީ އެންމެ ދެ ގަޑިއިރުކަން ސިޓީގައި ފާހަގަ ކޮށްފައިވެއެވެ. މިއީ 2008 ވަނަ އަހަރުގެ އައު ޤާނޫނުއަސާސީއަށްފަހު، ރާއްޖޭގައި ނޫސްވެރިން ޖަލަށްލީ ފުރަތަމަ ފަހަރު ކަމަށާއި އަދި މިކަމާ ދެކޮޅަށް މާލޭގެ މަގުތަކުގައި އިޙްތިޖާޖުކުރި ގިނަ ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް ސިޓީގައިވެއެވެ.
ހަމައެއާއެކު ކުރީގެ ރައީސުންގެ ސިޓީގައި ބުނީ، މިހާރުގެ ސަރުކާރުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލައި، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. އަދި އަލަށް ފާސްކުރި މީޑިއާ ޤާނޫނުގެ ދަށުން، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް ނޫސްތައް ބަންދުކުރުމުގެ ބާރު ދީފައިވާކަންވެސް ކުރީގެ ރައީސުން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ބެހޭގޮތުން އެ ބޭފުޅުން ވިދާޅުވީ، ރާއްޖޭގެ ރިޒާވް ހުސްވަމުންދާ ކަމަށާއި، ދަރަނި ނުދެއްކޭ ފަދަ ނުރައްކާތެރި ދަރަޖައަކަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށެވެ. އަދި ދާދިފަހުން ބޭއްވި ކައުންސިލް އިންތިޚާބުތަކުން ސަރުކާރު ބަލިވެ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި 69 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނެފައިވާއިރުވެސް، ސަރުކާރުން އިޞްލާޙުވުމުގެ ބަދަލުގައި ދަނީ ބާރުގެ ބޭނުންކޮށް ރައްޔިތުން ފިއްތަމުން ކަމަށް ސިޓީގައިވެއެވެ.
އެހެންކަމުން، ބައިނަލްއަޤުވާމީ ބައިވެރިންގެ ނުފޫޒު ބޭނުންކޮށްގެން، ނުޙައްޤުން ހައްޔަރުކޮށްފައިވާ ނޫސްވެރިންނާއި އިޙްތިޖާޖުގެ ބައިވެރިން ވަގުތުން މިނިވަން ކުރުމަށާއި، ޤާނޫނާ ޚިލާފަށް ހިންގާ ދަޢުވާތައް ހުއްޓާލުމަށް ސަރުކާރަށް ބާރުއަޅުއްވައި ދެއްވުމަށް ކުރީގެ ރައީސުން ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު