ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުގެ މަގާމުން ޔޫސުފް ވަހީދު މިއަދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑުން ވަކިކުރިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރި ވަކި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ހއ. ވަށަފަރު، ބޮޑުގެ، ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާ މަގާމުން ވަކިކޮށްފައި މިވަނީ ބޯޑަށް އައްޔަންކުރިތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުންނެވެ.
ޔޫސުފް ވަހީދަކީ މާލީ ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ މިހާރުވެސް ގެންދަވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު ފުރުއްވަމުންނެވެ. މީގެ އިތުރުން އޭނާ ވަނީ މީގެ ކުރިން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް ކުރަށްވާފައެވެ.
ތައުލީމީ ގޮތުން ބަލާއިރު، ޔޫސުފް ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ފައިނޭންސްގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ވެސް ފުރިހަމަ ކުރައްވާފައެވެ.
އެޗްޑީސީގެ ބޯޑަށް ސަރުކާރުން ބަދަލުތައް ގެންނަމުންދާއިރު، އެ ކުންފުންޏަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ހުޅުމާލެ ތަރައްގީކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ސަރުކާރުގެ ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު