ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުޅުމާލޭގައި "ރިވެލި ބީޗް ރެސްޓޯރަންޓް" ހިންގަމުންދިޔަ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާޠިލުކޮށް، 2 ނޮވެންބަރު ވީ ހޯމަ ދުވަހުން ފެށިގެން އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި ބިން އަނބުރާ އެޗްޑީސީގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން، ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑަށް އެ ލޮޓް ނަންބަރުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުޢާމަލާތެއް އަދި ޚިދުމަތެއް ވެސް ދެން ނުދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އެޗްޑީސީން ބުނީ، މި ފިޔަވަޅު އަޅަން ނިންމީ ކުލި ނުދައްކާތާ ދިގު މުއްދަތެއް ވެފައިވާތީ، އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި، ފައިސާ ދެއްކުމަށް އެކަށީގެންވާ ގިނަ ފުރުޞަތުތަކެއް ދިނުމަށް ފަހު ކަމަށެވެ. އަދި އެއްބަސްވުން ބާޠިލުކޮށްފައިވަނީ ކަނޑައެޅިފައިވާ އިޖުރާޢަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން، އެޗްޑީސީން ބުނީ މިފަދަ ނިންމުމެއް ނިންމަނީ ޢާންމުންނަށް ޚިދުމަތްދޭން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުޞަތު ދިނުމަށް ފަހުގައި ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ އެންމެހައި ފަރާތްތަކަށް އަބަދުވެސް ވީހާވެސް ފަހި މާޙައުލަކާއި ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުން ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު