ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުމަށް ބާއްވާ މާލޭގެ ބޮޑު ޖަލްސާ މިރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި މާލޭގެ އާޓިފިޝަލް ބީޗުގައެވެ. އެމްޑީޕީން ބުނި ގޮތުގައި، މިރޭ ބާއްވާ ޚާއްޞަ ޖަލްސާގައި އެ ޕާޓީގެ އެންމެ އިސް މޭސްތިރިން ކަމުގައިވާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ ދާދިފަހުން ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ހުސްވި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަނބުރާ ހޯދުމަށް އެމްޑީޕީން ފަށާފައިވާ ވަރުގަދަ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ މުހިންމު ޖަލްސާއެކެވެ.
އެމްޑީޕީން ވަނީ މި ޖަލްސާއަށް ޕާޓީގެ އެންމެހާ މެންބަރުންނަށާއި، ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ އިތުރުން ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤަށް ހެޔޮއެދޭ އެންމެހާ ބޭފުޅުންނަށް ފުރުޞަތު ހުޅުވާލައި، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.
އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަންގެ ވޯޓުފޮށިތައް އައްޑޫގެ އިތުރުން މާލޭގައިވެސް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު