ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި ޕްރެސް ކޮންފަރެންސް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ.
ބައްދަލުވުން ފެށެން ކުޑަތަންވެފައި ވަނިކޮށް މިކަން އެންގިއިރު، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، މިއަދުގެ ބައްދަލުވުން ބޭއްވޭގޮތް ނުވީ ރައީސްގެ މަސައްކަތްޕުޅުތައް ހުރި ގޮތުން ކަމަށެވެ.
ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ކުރިން އޮތީ ނިންމަވާފައެވެ.
މި ބައްދަލުވުން ކެންސަލް ކުރަންޖެހުނު ސީދާ ސަބަބާ ގުޅޭގޮތުން މީޑިއާއިން ސުވާލުކުރުމުން ތަރުޖަމާނު ވިދާޅުވީ، ރައީސްގެ ރަސްމީ މަސައްކަތްޕުޅުތައް ހުރި ގޮތުން މިއަދު ޕްރެސް ނުދެއްވޭނެ ކަމަށެވެ.
ނަމަވެސް، ކުއްލި ގޮތަކަށް ކުރިމަތިވީ ކޮން ބާވަތެއްގެ މަސައްކަތްޕުޅެއް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އަދި ރަސްމީ ދަތުރުފުޅެއް ނުވަތަ ބަންދު ދުވަހެއް ފަދަ ހާއްސަ ހާލަތެއް ދިމާނުވާ ނަމަ މި ސިލްސިލާ ކުރިއަށްދާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް، ފެށެން ގަޑިއިރަކަށް ވެފައި ވަނިކޮށް މިއަދުގެ ބައްދަލުވުން ކެންސަލްވުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިއަށް ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު