ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ގަލްފުގެ ޤައުމުތަކާއި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ.
ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޖޯޑަން ގުޅިގެން ހުށަހެޅި މި ޤަރާރަކީ ހޮރްމޫޒު ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހުށަހަޅާފައިވާ ޤަރާރެކެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ރައްކާތެރިކުރުންވެސް މި ޤަރާރުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޤަރާރު ކޯ-ސްޕޮންސާ ކުރަން ރާއްޖެއިން ނިންމި ނިންމުމުގެ ސަބަބުން، 'ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ ހިމެނޭހެން ކަނޑުގެ ޤާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ޤަބޫލުކުރާ އުޞޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
އަދި މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުކުރުމުގެ ޙައްޤު ދެމެހެއްޓުމާއި، ކަނޑުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖެ ފަދަ ޖަޒީރާ ނުވަތަ އާޗިޕެލަޖިކް ޤައުމުތަކަށް ލިބިގެންވާ ޚާއްޞަ ޙައްޤުތަކާއި އިހްތިޞާޞްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.
ދިވެހިރާއްޖެއިން މި ނިންމުން ނިންމާފައިވަނީ މި ޤަރާރުގެ ސަބަބުން ރާއްޖޭގެ ޤައުމީ މަޞްލަޙަތަށް ނުވަތަ ކަނޑުގެ ސަރަޙައްދީ އިހްތިޞާޞަށް އެއްވެސް އަސަރެއް ނުފޯރާނެ ގޮތަށެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ޖަޒީރާ ޤައުމުތަކަށް ލިބިގެންވާ ޙައްޤުތަކަށް ބުރޫއަރާފާނެ ފަދަ އެއްވެސް މާނަކުރުމަކަށް ޢަމަލުކުރުމުން ދިވެހިރާއްޖެ އިސްތިސްނާވާ ގޮތުގެ މަތިންނެވެ.
ގަލްފު ސަރަޙައްދުގެ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަކީ ބައިނަލްއަޤުވާމީ މުދާ އުފުލުމުގެ ނިޒާމަށް ލިބޭނެ ބޮޑު ލުޔެއްކަން ފާހަގަކުރަމުން، އެ ސަރަޙައްދުގެ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އިސްކަންދިނުމަށް ދިވެހިރާއްޖެއިން ދަނީ މުޖުތަމަޢުތަކަށް ބާރުއަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު