އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް މައާފު ދެއްވި ނަމަވެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މިހާރުގެ ސަރުކާރަށް އެއްވެސް ހުރަހެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޞާލިޙް ވިދާޅުވީ، އަދީބަށް ލުއިދެއްވީ ގާނޫނީ އިމުގެ ތެރެއިން ހަމައެކަނި ޖިނާއީ މައްސަލައަށް ކަމަށެވެ. އެހެންކަމުން، ފައިސާ ހޯދުމުގެ މަދަނީ މައްސަލަތައް އަދިވެސް ހުރީ ޝަރީއަތް ކުރާ ހިސާބުގައި ކަމަށާއި، މިހާރުގެ ސަރުކާރަށް ވެސް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކުރީގެ ތިން ރައީސުން އެކުވެގެން ނުކުންނަވަން ޖެހުނީ މިހާރުގެ ސަރުކާރުގެ ކަންކަން މާ ބޮޑަށް ގޯސްވެފައިވާތީ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ވެސް ސުވާލު އުފެދޭ ކަންކަން ހުރެދާނެ ކަމަށް އެއްބަސްވެވަޑައިގަންނަވަމުން، ދައުލަތުގެ ފައިސާ ހޯދުމުގެ މަސައްކަތަކީ ހުއްޓިފައި އޮންނަންޖެހޭނެ ކަމެއް ނޫން ކަމަށް ތަކުރާރުކުރެއްވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބަށާއި އަބްދުﷲ ޒިޔަތަށް ރައީސް ޞާލިޙް މައާފު ދެއްވީ އެމަނިކުފާނުގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 2023 ވަނަ އަހަރުގައެވެ.
ރައީސް ޞާލިޙްގެ މި ވާހަކަތަކާ ގުޅިގެން، އަޙްމަދު އަދީބު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ތިން ރައީސުންނަށް ވަރުގަދަ ރައްދެއް ދެއްވައިފައެވެ.
ތިން ރައީސުން ބޭއްވި ބައްދަލުވުމުގެ ފޮޓޮއެއް ހިއްސާކުރައްވަމުން އަދީބު ވިދާޅުވީ، އެ ބައްދަލުވުމަށް ފަހު އެމަނިކުފާނު ވެސް އެ ތިން ބޭފުޅުންނާ ބެހޭ ގޮތުން ދައްކާލަން "ލައްކަ ގިނަ ވާހަކަ" އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު