ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދު ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ރީ-ރަޖިސްޓްރޭޝަނަށް ފުރުސަތު އޮންނާނެ ކަމަށެވެ. މި މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅަންޖެހޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުން އެކަންޏެވެ.
އީސީން ހާމަކުރި ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުން މިހާރުވެސް ރަޖިސްޓްރީވެފައިވަނީ މާލެއަށެވެ. ނަމަވެސް ރިސޯޓުތަކާއި، ޖަލާއި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ކުރިން ރަޖިސްޓަރީކޮށްފައިވާ މީހުން، މި އިންތިހާބުގެ ރަޖިސްޓަރީގައި މިހާރު އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެހުގައެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާނަމަ އަލުން ރީ-ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު 1414 އަށް އެސްއެމްއެސް ކޮށްގެން ކޮންމެ މީހަކަށްވެސް ބެލޭނެ އިންތިޒާމު އީސީން ވަނީ ހަމަޖައްސާފައެވެ.
ރީ-ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭނީ އީސީގެ "މައި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށެވެ. ފޯމު ހުށަހަޅާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް ވެރިފައިޑް "އީފާސް" އެކައުންޓެއް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީ ނުވަތަ ފޮޓޯ ހުށަހަޅާކަށް ނުޖެހޭނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް ސާބިތުވެ، އެ ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ. ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 12 ގައި ވަނީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފައެވެ.
މި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ކިޔުންތެރިންގެ ހިޔާލު