ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖުގައި މިރޭ ބައިވެރިވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ކުރީގެ ތިން ރައީސުން ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، އެކުގައި ގައުމު ސަލާމަތްކުރަން ނުކުތުމަށް އެދިވަޑައިގެންފައެވެ.
އެކަމާގުޅިގެން ރައީސް ނަޝީދު މިއަދު ވަނީ، ނޫސްވެރިން ހައްޔަރު ކުރުމާ ދެކޮޅަށް ކުރާ އިޙްތިޖާޖުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް ގޮވާލައްވާފައެވެ.
"އަޅުގަނޑުވެސް ހުންނާނަން." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ކްރިމިނަލް ކޯޓުން ނެރުނު 'ގެގް' އަމުރަކާ ޚިލާފުވި މައްސަލާގައި ނޫސްވެރިޔާ ލީވާނަށް 10 ދުވަސް އަދި ޝަހްޒާނަށް 15 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި އެނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ޤަޛްފުކުރިކަމުގެ ދަޢުވާ އުފުލައި، ދެ ނޫސްވެރިންގެ ޝަރީއަތް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ސީޕީޖޭއާއި ޓްރާންސްޕޭރަންސީ، އަދި އައިފްޖޭން ވެސް ވަނީ ބަޔާން ނެރެފައެވެ.

Noosverin hayyaru kurumaa dhekolhah kuraa ihuthijaajah mirey enme beyfulhun nukume vadaigathun edhen. Alhugandu ves hunnaanan.
— Mohamed Nasheed (@MohamedNasheed) May 13, 2026
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ކްރިމިނަލް ކޯޓުން ނެރުނު 'ގެގް' އަމުރަކާ ޚިލާފުވި މައްސަލާގައި ނޫސްވެރިޔާ ލީވާނަށް 10 ދުވަސް އަދި ޝަހްޒާނަށް 15 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި އެނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ޤަޛްފުކުރިކަމުގެ ދަޢުވާ އުފުލައި، ދެ ނޫސްވެރިންގެ ޝަރީއަތް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ސީޕީޖޭއާއި ޓްރާންސްޕޭރަންސީ، އަދި އައިފްޖޭން ވެސް ވަނީ ބަޔާން ނެރެފައެވެ.
ކިޔުންތެރިންގެ ހިޔާލު