"އަދަދު" ނޫހުގެ ދެ ނޫސްވެރިން ޖަލަށްލުމަކީ ނޫސްވެރިކަމަށް ބިރުދައްކައި، ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ލަދުވެތި އާ ސަފުހާއެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް އަދި މުޙައްމަދު ޝަހްޒާން 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރުމާ ގުޅިގެންނެވެ. މި ދެ ނޫސްވެރިންނަށް އަދަބު ދީފައިވަނީ، އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރާ ޚިލާފުވި ކަމަށް ކަނޑައެޅުމަށްފަހުއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، ނޫސްވެރިން ޖަލަށްލުމަކީ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ސާފު ހެއްކެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދޭ މިފަދަ ހަމަލާތައް ކާމިޔާބު ނުވާނެކަން ފާހަގަކުރައްވައި، ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ނޫސްވެރިން ޖަލަށް ލުމާ ގުޅިގެން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

The jailing of journalists @MrLeevaaan and @MohamedShahzan both journalists for @AdhadhuMV marks another shameful chapter in the government’s attempt to intimidate the press and silence public dissent.
— Ibrahim Mohamed Solih (@ibusolih) May 12, 2026
It is also a clear indication of government interference in the judicial…
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ނޫސްވެރިން ޖަލަށް ލުމާ ގުޅިގެން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު