މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމުގެ މަޤާމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވައި ނާކާމިޔާބުވި، އާޝިޔަތު އަލައިކާއަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ސަރުކާރުން ދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލައިކާ މިހާރު ވަނީ އެ މަޤާމަށް އައްޔަންކުރަށްވާފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މިދިޔަ މަހު ބޭއްވުނު މާލެ ސިޓީގެ ޑަބްލިއުޑީސީގެ ބައި-އިލެކްޝަންގައި އަލައިކާ ވާދަކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައެވެ. މި އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އަލައިކާ އާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ރީޝާގެ މެދުގައެވެ. ވާދަވެރި ކެމްޕޭނަކަށްފަހު، އަލައިކާ ބަލިކޮށް އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ރީޝާއެވެ.
އިންތިޚާބުން ބަލިވުމާ ގުޅިގެން އަލައިކާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ މި މަސައްކަތަކީ ހަމައެކަނި މަޤާމެއް ހޯދުމަށް ކުރި މަސައްކަތެއް ނޫން ކަމަށާއި، އެއީ އާއިލާތަކުގެ ޙައްޤުގައާއި، ހަމަހަމަ ފުރުޞަތުތަކާއި މާލީ މިނިވަންކަން ހޯދައިދިނުމަށް ކުރި މަސައްކަތެއް ކަމަށެވެ.
އަލައިކާއަށް ސަރުކާރުގެ މަތީ ފަންތީގެ މަޤާމެއް މި ދެއްވީ، ކައުންސިލް އިންތިޚާބުތަކާއި ފެންނަނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން، ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ. މި ބަދަލުތަކުގެ ތެރޭގައި ބައެއް ވަޒީރުން އިސްތިއުފާ ދެއްވުމާއި، ވުޒާރާތަކުގެ އަދަދު މަދުކުރުމުގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ބަދަލު ގެނައުން ހިމެނެއެވެ.
ޚާއްޞަކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މީހުން ވަކިކުރަން ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި، ސިޔާސީ މަޤާމަކަށް އައު ބޭފުޅަކު އައްޔަންކުރެއްވުމުން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.
\ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ސަރުކާރުގެ ވަޒީފާތަކަށް މީހުން އައްޔަންކުރެއްވުމުގައި މެރިޓް އުސޫލަށް އިސްކަންދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު