ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲއެވެ. މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު މަގުސަދަކީ އެލްޖީއޭގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފެއްތުމާއި، ކައުންސިލްތަކުން ދޭ ޚިދުމަތްތައް ފުޅާކުރުމެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނު އޮތްގޮތުން، އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު އޮންނަނީ އެ އޮތޯރިޓީގެ ބޯޑަށެވެ. ނަމަވެސް، ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ ބޯޑަށް އޮތް އެ ބާރު އުނިކޮށް، އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ކަނޑައެޅުމަށެވެ. މި ބަދަލާއެކު، މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން ކުރިއަށްދާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.
އިސްލާހުގައިވާ ގޮތުން، އެލްޖީއޭގެ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ޒިންމާދާރު އިސްވެރިޔަކީ އެ އިދާރާގެ ސީއީއޯއެވެ. އަދި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.
މީގެ އިތުރުން، މި އިސްލާހުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކަށްވެސް މުހިންމު ބަދަލެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ރަށްރަށާއި ސިޓީތަކުގައި ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހިމެނުމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެލްޖީއޭއަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގާ ކައުންސިލްތަކުގެ މަސައްކަތްތައް ސުޕަވައިޒްކޮށް، ވިލަރެސްކުރުމުގެ އެންމެ މަތީ އިދާރާއެވެ. ސަރުކާރުން ބުނާގޮތުގައި މި ގެނެވޭ ބަދަލުތަކާއެކު، ކައުންސިލްތަކުގެ ހިންގުމަށާއި އެލްޖީއޭގެ އިދާރީ އޮނިގަނޑަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު