ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްސީލު ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް މާލޭ ސަރަހައްދުގައި 3،260 ފްލެޓެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓާއި، އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅީފަޅުގައި 4،000 ހައުސިން ޔުނިޓް އެޅުމުގެ ކަންކަން ފައިނަލްވެފައިވާކަން އޭނާ ހާމަކުރެއްވިއެވެ.



ދައުލަތުގެ ދަރަނި ހުރި ގޮތުން ބޭރުން ފައިސާ ހޯދުމަށް ހުރި ގޮންޖެހުންތަކާއެކުވެސް، ސަރުކާރުން މަސައްކަތް ކުރަނީ "އިނޮވޭޓިވް" މޮޑެލްތައް ބޭނުންކޮށްގެން މަޝްރޫޢުތައް ހިންގުމަށެވެ. ​ކުރީގެ ސަރުކާރުތަކުން ހިންގި މަޝްރޫޢުތަކަށް ބަލާއިރު، ރައީސް ޔާމީންގެ ދައުރުގައި 10،000 އަށްވުރެ ގިނަ ފްލެޓްގެ މަސައްކަތް ނިންމާފައިވާކަން ފާހަގަކުރައްވައި، އެއީ އެންމެ ގިނަ ފްލެޓް އެޅުނު ދައުރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރުވެސް އަމިއްލަ ކުންފުނިތަކާ ގުޅިގެން ކޮންޓްރޯލް އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2،000 ފްލެޓް އެޅުމުގެ ހުށަހެޅުންތަކެއް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށާއި، އިތުރު 1،000 ފްލެޓް އެޅުމުގެ މަޝްވަރާތައްވެސް ކުރިއަށްދާ ކަމަށް ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު