ރައީސް މުޙައްމަދު ނަޝީދުގެ ޗެއަރޕާސަން ކަމުގައި ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރު ޤާނޫނީ އިމުގެ ތެރެއިން ބަދަލު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ވައްޑެ މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ވޯޓަށް އެއްވެސް ރަށަކަށް ނުގޮސް، ހަމައެކަނި މާލޭގައި ހިނގައިގެންވެސް، މާލޭގެ އެންމެ ގޮނޑިއެއްވެސް މި ސަރުކާރަށް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ.އަދި އަމިއްލަ ތާއީދު ބަލަން ނެގި ރެފެރެންޑަމުންވެސް ސަރުކާރަށް 30 އިންސައްތަ ތާއީދު ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ވައްޑެ ވިދާޅުވީ، އިރާދަކުރެއްވިއްޔާ ރައީސް ނަޝީދުގެ ޗެއަރޕާސަން ކަމުގެ ދަށުން، ޤާނޫނީ އިމުގެ ތެރެއިން ރައީސް މުޢިއްޒު މަގާމުން ބޭލުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށެވެ.
ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރާއި ރައީސް ނަޝީދާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަން މިވަގުތު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން ސަރުކާރުން މިއަދު ވަނީ ބައިނަލްއަޤުވާމީ ގުޅުންތަކަށާއި ސަރަޙައްދީ ސަލާމަތަށް ބުރޫއަރާފާނެ ފަދަ ވާހަކަތައް ނުދެއްކުމަށާއި، ޚާއްޞަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
އޭގެ ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރަށް މިހާރު އޮތީ އެންމެ 30 އިންސައްތަ ތާއީދު ކަމަށެވެ. އަދި ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާއި އެހެނިހެން ނިންމުންތައް ދިރާސާކޮށް، އެ ކަންކަމަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ކައުންސިލްވޯޓަށް ރަށަކަށް ނުގޮސް، މާލޭގައި އެކަނި ހިނގައިގެން، މާލެއިން އެންމެ ގޮނޑިގަނޑެއްވެސް ނުނެގުނު.
— Waddey (@waddey_) May 10, 2026
އަމިއްލަ ތާއީދު ބަލަން ނެގި ރެފެރެންޑަމުން %30 ނުނެގުނު.
އިރާދަކުރެއްވިއްޔާ ރައީސްނަޝީދުގެ ޗެއާޕާސަން ކަމުގައި، ޤާނޫނީ އިމުގެ ތެރެއިން @MMuizzu ބޭލުމުގެ މަސައްކަތް ފެށޭނެ! pic.twitter.com/zjgCuxmah5
ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރާއި ރައީސް ނަޝީދާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަން މިވަގުތު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން ސަރުކާރުން މިއަދު ވަނީ ބައިނަލްއަޤުވާމީ ގުޅުންތަކަށާއި ސަރަޙައްދީ ސަލާމަތަށް ބުރޫއަރާފާނެ ފަދަ ވާހަކަތައް ނުދެއްކުމަށާއި، ޚާއްޞަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
އޭގެ ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރަށް މިހާރު އޮތީ އެންމެ 30 އިންސައްތަ ތާއީދު ކަމަށެވެ. އަދި ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާއި އެހެނިހެން ނިންމުންތައް ދިރާސާކޮށް، އެ ކަންކަމަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު