ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާއި އެހެނިހެން ނިންމުންތައް ދިރާސާކޮށް، އެ ކަންކަމަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ގުޅުންތަކަށާއި ސަރަޙައްދީ ސަލާމަތަށް ބުރޫއަރާފާނެ ފަދަ ވާހަކަތައް ނުދެއްކުމަށާއި، ޚާއްޞަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އެކަމަށް ސަމާ

ލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އިލްތިމާސް ކޮށްފައި ވަނިކޮށެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ޤައުމެއް ކަމަށާއި، މިއީ ހަމައެކަނި ތާއީދު 30 އިންސައްތައަށްވުރެ ދަށްކޮށް އޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން ކަމަށެވެ. އަދި އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީތަކާއި ލޯނުތައް ސަރުކާރުން ބޭނުންކުރަން ޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓްރީން މިފަދަ އިލްތިމާސެއް ކުރީ، އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި 10 ވަނަ "އިންޑިއަން އޯޝަން ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެން، ޚާރިޖީ ދާއިރާއާ ގުޅުންހުރި މުހިންމު ކަންކަމުގައި މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، އިންޑިއާގެ ދަރަންޏާ ގުޅޭގޮތުން އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހާމަކުރެއްވުމުގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން މޮރިޝަސްއާ މެދު އޮތް ގުޅުމާ ބެހޭގޮތުން ވެސް ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު