ސިޔާސީ ޕާޓީއެއްގެ ތެރޭގައި އެކި ފެކްޝަންތަކާއި ޚިޔާލުތަފާތުވުންތައް ހުރުމަކީ އެ ޕާޓީއެއްގެ ދުޅަހެޔޮކަން ހާމަކޮށްދޭ ކަމެއް ކަމަށާއި، އެމަނިކުފާނުގެ ޗެއާޕާސަންކަމުގެ ދަށުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސީ ތަޖުރިބާގެ ބޭނުން ވަރަށް ބޮޑަށް ހިއްޕަވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ ސިޔާސީ ޕާޓީއެއްގެ ތެރޭގައި ވެސް ފެކްޝަންތައް އުފެދެނީ ސިޔާސީ ގޮތުން ކުރާ އުންމީދުތަކާއި ހުވަފެންތަކާ ގުޅިގެން ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވީ އެއީ ޕާޓީއެއްގެ ކުރިމަގަށް އޮތް ރަނގަޅު ފާލެއްގެ ގޮތުގައެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ހެލްތީ އިނގޭތޯ؟ އެއީ އަޅުގަނޑަކަށް ވެސް ނެތް މިސާލަކަށް ކަމެއް އަމިއްލައަށް އެކަނި ގޮސް ކޮށްލެވޭކަށް، ރައީސް ޞާލިޙަކަށް ވެސް ނެތް، ޢަބްދުﷲ ޝާހިދަކަށް ވެސް ނެތް، ފައްޔާޒް އިސްމާއީލަކަށް ވެސް ނެތް. ހަމަ އެކީގައި އައިސް ތިބެ ވާހަކަތަކެއް ދައްކަންޖެހޭ ކޮންމެ ކަމެއްގައި ވެސް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ސިޔާސީ މަސްރަހުން މިސާލު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ މިއަދު މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާ ކަމަށެވެ. އެމަނިކުފާނު ޕާޓީއާ ދުރަށް ވަޑައިގަތުމުން ވެސް ޕާޓީ ރޫޅިގެން ނުދިޔައީ އެއީ ވަރުގަދަ މުއައްސަސާއަކަށް ވާތީ ކަމަށް ޤަބޫލު ކުރަށްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ދިޔައީމާ ވެސް އެމްޑީޕީ ހަލާކެއް ނުވިޔޭ، ވަރުގަދީއޭ، އަޅުގަނޑުމެންނަށް އެ އުފެއްދުނު އެތި ވަރުގަދައީ، މުއައްސަސާއަކަށް ވާތީ،" ޕާޓީގެ ވަރުގަދަކަމާ ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޞާލިޙަކީ ސިޔާސީ ގޮތުން ބޮޑު ތަޖުރިބާކާރެއްކަން ފާހަގަކުރަށްވަމުން، ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޗެއާޕާސަންކަމުގައި ރައީސް ޞާލިޙު ވަރަށް ބޮޑަށް ބައިވެރިކުރަށްވާނެ ކަމަށެވެ. އަދި ޒަމާނުއްސުރެ ދެ ބޭފުޅުން އެކުގައި ކުރައްވާފައިވާ މަސައްކަތްތަކުގެ އަލީގައި، ރައީސް ޞާލިޙުގެ ހުނަރުވެރިކަން ޕާޓީގެ ކުރިއެރުމަށް ބޭނުންކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު