ބޮލީވުޑްގެ މަޝްހޫރު ސުޕަރސްޓާރު އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން، އޭނާގެ ފަންނީ ކެރިއަރުގައި ބައްޕަގެ މަގުބޫލުކަމުގެ ހިޔަނި އަބަދުވެސް އޮންނާނެ ކަމަށް ބުނެފިއެވެ.
ޖުނައިދު މިހެން ބުނީ އޭނާގެ އާ ފިލްމު "އޭކް ދިން" އިޝްތިހާރު ކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރޭގައެވެ.
އާމިރު ޚާން ޕްރޮޑަކްޝަނުން އުފައްދާފައިވާ މި ފިލްމުގެ ޕްރޮމޯޝަނަލް ވީޑިއޯއެއްގައި ވާހަކަ ދައްކަމުން ޖުނައިދު ބުނީ، އާމިރު ޚާންގެ ދަރިފުޅަށް ވުމަކީ އޭނާގެ ކެރިއަރުން ދުވަހަކުވެސް ފޮހެލެވޭނެ ކަމެއް ނޫން ކަމަށެވެ. "އާމިރު ޚާންގެ ދަރިފުޅަށް ވުމުގެ ހިޔަނިން ދުވަހަކުވެސް ބޭރެއް ނުވެވޭނެ. މިއީ ރަނގަޅު ކަމެއް ނުވަތަ ގޯސް ކަމެއްގެ ގޮތުގައި އަހަރެން ނުދެކެން،" ޖުނައިދު ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި ބައްޕައަކީ 35 އަހަރު ވަންދެން މި ދާއިރާގައި މަސައްކަތްކޮށްފައިވާ ތަރިއަކަށް ވާއިރު، އެފަދަ ހިސާބަކަށް ދިއުމަށް އޭނާއަށް މުޅި އުމުރު ހޭދަވާނެއެވެ.
ދާދި ފަހުން މަޝްހޫރު ކޮމެޑިއަން ކަޕިލް ޝަރްމާގެ ޝޯގައި ވާހަކަ ދައްކަމުން އާމިރު ޚާން ވެސް ވަނީ ޖުނައިދުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އާމިރު ބުނި ގޮތުގައި އޭނާ ޖުނައިދުގެ ޕްރޮފެޝަނަލް މަސައްކަތްތަކާ އެއްވެސް ވަރަކަށް ނުބެހެއެވެ. ޖުނައިދު ވަނީ ލޮސް އެންޖެލިސްގައި ދެ އަހަރު ވަންދެން ތިއޭޓަރ އާޓްސް ކިޔަވައި، އަމިއްލައަށް އޮޑިޝަންތަކަށް ގޮސްގެން ފުރުސަތުތައް ހޯދާފައެވެ.
އާމިރު ބުނި ގޮތުގައި ޖުނައިދުގެ ފުރަތަމަ ފިލްމު "މަހާރާޖް" އަށް އޭނާ ހޮވުނުކަން ވެސް އެނގުނީ ޔާޝް ރާޖް ފިލްމްސްގެ އަދިތްޔާ ޗޯޕްޅާ ގުޅާފައި ބުނުމުންނެވެ. ޖުނައިދު އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މަސައްކަތަށް އާމިރު ވަނީ ތައުރީފުކޮށްފައެވެ. އާމިރު ހާމަކުރި ގޮތުގައި ޖުނައިދު އޭނާގެ އަތުން އެއްވެސް އެހީތެރިކަމެއް ނުހޯދާ ކަމަށާއި، ކާރެއް ގަނެދޭން ބުނުމުން ވެސް އެކަމަށް ޖުނައިދު އިންކާރުކޮށްފައިވާ ކަމަށެވެ.
ޖުނައިދު ޚާން މިހާރު ފެންނަނީ މަޝްހޫރު ބަތަލާ ސައި ޕައްލަވީއާއެކު "އޭކް ދިން" އިންނެވެ. މިއީ އާމިރު ޚާން އާއި ފިލްމު އުފެއްދުންތެރިޔާ މަންސޫރު ޚާން އަލުން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ސުނިލް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމު މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު