ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ "ޑޭޓާ ޕްރޮޓެކްޝަން" ބިލް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، މި ބިލަކީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެއްކުރުމާއި، ޕްރޮސެސް ކުރުމާއި، ބޭނުން ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށެވެ. މީގެ އިތުރުން، ޒާތީ މައުލޫމާތު އެއްކޮށް ޕްރޮސެސް ކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓް ކުރާނެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މި ބިލުގެ މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ، މި ބިލު ފަރުމާކޮށްފައިވަނީ ބޭރުގެ އެކި ފަރާތްތަކުގެ ފަންނީ އެހީތެރިކަމާ އެކުގައި ކަމަށެވެ.
"މޯލްޑިވްސް 2.0" ގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، މި ބިލުގެ އިތުރުން އިތުރު ތިން ބިލެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލް: މި ބިލުގެ ދަށުން "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި އިދާރާއެއް އުފައްދާނެއެވެ.
ޑިޖިޓަލް އައިޑެންޓިޓީއާ ގުޅޭ ބިލް: މިއީ ރާއްޖޭގައި ޑިޖިޓަލް އައިޑީ ބޭނުންކުރުމުގެ ގާނޫނީ އޮނިގަނޑު ކަނޑައަޅާނެ ބިލެކެވެ.
ސައިބަ ސެކިއުރިޓީ ބިލް: މި ބިލުގެ ބޭނުމަކީ ރާއްޖޭގެ ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތާއި އަމިއްލަ ދާއިރާގެ މުހިންމު އުމްރާނީ ވަސީލަތްތަކާއި ސިސްޓަމްތަކުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތައް ކަނޑައެޅުމެވެ. މި ބިލުގެ ދަށުން "ސައިބަ ސެކިއުރިޓީ އެޖެންސީ" އެއް ގާއިމްކުރާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މި އިސްލާހުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ޑިޖިޓަލް އިގްތިސާދާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު