ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުނަގައި، ކެންޑިޑޭޓް ނަމްބަރުތައް މިއަދު ތަރުތީބު ކޮށްފިއެވެ.
މި އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަހަޅުއްވާފައިވަނީ މައިގަނޑު ދެ ސިޔާސީ ޕާޓީއަކުންނެވެ. އެއީ އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) އާއި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު (ސޮޑާ) އެވެ.
ކެންޑިޑޭޓުންގެ މެދުގައި ނެގުނު ގުރުއަތުން ނަންތައް ތަރުތީބުވިގޮތަށް ބަލާއިރު، ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަންބަރު 1 އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިގަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަންބަރު 2 އެވެ.
މި ދާއިރާގެ ޕީއެންސީ ޕްރައިމެރީގައި ކުރިން ވާދަކޮށް ޓިކެޓް ކާމިޔާބު ކުރެއްވީ ކުރިންވެސް އެ ގޮނޑި ތަމްސީލުކުރެއްވި މުހައްމަދު ސިނާން (ސިނާ) އެވެ. ނަމަވެސް، އިންތިޚާބުގައި ވާދަނުކުރަން ސިނާން ނިންމެވުމާ ގުޅިގެން، ޕީއެންސީން ވަނީ އަހުމަދު ސައީދަށް އެ ޕާޓީގެ ޓިކެޓް ދިނުމަށް ނިންމާފައެވެ. އެމްޑީޕީގެ ފަރާތުން މި އިންތިޚާބަށް ކުރިމަތިލެއްވީ ހަމައެކަނި އަބްދުﷲ ޞާދިގު ކަމަށްވާތީ، އެ ޕާޓީން ވަނީ ޕްރައިމަރީއަކާ ނުލައި އޭނާއަށް ޓިކެޓް ކަށަވަރުކޮށްދީފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު