ކްރިސްޓާ އަދި ޓަޓިއާނާ ހޯގަން
ކްރިސްޓާ އަދި ޓަޓިއާނާ ހޯގަން
މިއީ ދުނިޔެ ހައިރާންކޮށްލި ތަފާތު ދެބެއިންގެ ވާހަކައެވެ. އުފަންވީއިރު ދިރިތިބުމުގެ ފުރުސަތު އެންމެ

20 އިންސައްތައަށް އޮތް ކްރިސްޓާ އަދި ޓަޓިއާނާ ހޯގަން އަށް މިހާރު ވަނީ 18 އަހަރު ފުރިފައެވެ.

މި ދެބެއިންނަކީ މުޅި ދުނިޔޭގައިވެސް "ތަލަމިކް ބްރިޖް" ނުވަތަ ސިކުނޑީގެ ޓިޝޫތަކަކުން ދެމީހުންގެ ސިކުނޑި ގުޅިފައިވާ ހަމައެކަނި ކޮންޖޮއިންޑް ޓްވިންސް ނުވަތަ ގުޅިފައިވާ އެއްމާބަނޑު ދެބެއިންނެވެ.

މި އާދަޔާ ހިލާފު ގުޅުމުގެ ސަބަބުން، ކްރިސްޓާގެ ދެލޮލުން ފެންނަ މަންޒަރުތައް ޓަޓިއާނާ އަށް ފެންނައިރު، ޓަޓިއާނާގެ އެއްލޮލުން ފެންނަ މަންޒަރުތައް ކްރިސްޓާ އަށް ފެނެއެވެ.

މި ދެބެއިންގެ އިހުސާސްތައް ގުޅިފައިވާ މިންވަރުން، އެކަކު އެއްޗެއް ކާއިރު އޭގެ ރަހަ އަނެކަކަށް އިހުސާސް ކުރެވެއެވެ. މިސާލަކަށް ކްރިސްޓާ ކެޗަޕް ދެކެ ލޯބިވާއިރު، ޓަޓިއާނާ ކެޗަޕް ދެކެ ފޫހިވެއެވެ.

ނަމަވެސް ކްރިސްޓާ ކެޗަޕް ކާ ކޮންމެ ފަހަރަކު ޓަޓިއާނާ އަށް އޭގެ ރަހަ އިހުސާސްވެ، އޭނާ މޫނު ހަދާލައެވެ. މީގެ އިތުރުން، އެކަކު އަނެކަކުގެ އަތްފައި ކޮންޓްރޯލް ކުރުމާއި، އެކަކަށް ކުރެވޭ އަތްލުމުގެ އިހުސާސް އަނެކަކަށް ވުމަކީވެސް މި ދެބެއިންގެ ކިބައިން ފެންނަ އާދަޔާ ހިލާފު ކަމެކެވެ.

އެމީހުން ބުނާ ގޮތުގައި އަނގަބަހުން ވާހަކަ ނުދެއްކިޔަސް، ސިކުނޑީގެ ތެރެއިން އެކަކު އަނެކަކާ މުއާމަލާތް ކުރެވެއެވެ.

ޑޮކްޓަރުން ހާމަކުރާ ގޮތުގައި މި ދެބެއިންނަކީ އިންސާނީ ތާރީޚުގައިވެސް މިހާ ގާތްކޮށް ގުޅިފައިވާ ދެމީހުން ފެނުނު ފުރަތަމަ ފަހަރެވެ. މިފަދަ ގާތް ގުޅުމެއް ސިކުނޑީގެ ގޮތުން އޮތް ނަމަވެސް، އެއީ ފާހަގަކޮށްލެވޭ ފަދަ ތަފާތު ދެ ޝަޚުސިއްޔަތެވެ.

ދެބެއިންގެ ޚިޔާލާއި، މިޒާޖާއި، އަދި ކުރިމަގުގެ އުންމީދުތައްވެސް ތަފާތެވެ. މިއީ އެކަކު އަނެކެއްގެ ދުނިޔެއަށް ހުޅުވިފައިވާ އާދަޔާ ހިލާފު ކުޑަދޮރަކުން ބަލަމުންދާ، ނަމަވެސް އަމިއްލަ ވަކިވަކި ދިރިއުޅުމެއް އޮތް ދެ އިންސާނުންނެވެ.



ކިޔުންތެރިންގެ ހިޔާލު