އެމްޑީޕީން ދުނިޔެެއަށް އެހީތެރިވެ ޤައުމުތަކުގައި ވެރިކަން ބަދަލުކުރާނެ ގޮތް ކިޔައިދޭންޖެހޭކަމަށް އެޕާޓީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ޗެއާޕާސަން އިންތިޚާބަށް އެމަނިކުފާނަށް ތާއީދު ހޯއްދެވުމަށް ބޭއްވި ޚާއްޞަ ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހިންގުމާއި ހަވާލުވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރަކީ އެމްޑީޕީގެ ސަރުކާރެއް އަލުން އުފެދިގެން އަންނަ އަހަރަކަށް ހެދުން ކަމަށެވެ. އަދި ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން، ހުރިހާ މެންބަރުންނާއެކު ކުރާ ދަތުރުގައި ކާމިޔާބީ ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އެ މަސައްކަތަކީ މި ޕާޓީ ވަރަށް ރަނގަޅަށް ދަންނަ މަސައްކަތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީން މުޅި ދުނިޔެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަސައްވުރެއް ވެސް ރައީސް ނަޝީދު ވަނީ ހިއްސާކުރައްވާފައެެވެ.އެމަނިކުފާނު ވިދާޅުވީ ބައެއް ބޮޑެތި ގައުމުތަކުން ހުދުމުހުތާރު ވެރިކަން ނައްތާލުމަށް ބޮން އެޅުން ފަދަ ވަސީލަތްތައް ބޭނުންކުރި ނަމަވެސް، ރާއްޖޭގައި އެމްޑީޕީން ވަނީ އެއްވެސް ބޮމެއް ނާޅައި، ސުލްހަވެރި ސިޔާސީ ހަރަކާތުގެ ތެރެއިން އެކަން ކޮށް ދައްކާފައި ކަމަށެެވެ.
"އަޅުގަނޑުމެންނަށް ލިބިފައި އެބައޮތް އެ ތަޖުރިބާ. ގައުމުތަކުގެ ވެރިކަންތައް ބަދަލުކުރުމުގެ ސުލްހަވެރި ގޮތްތަކުގެ މިސާލަކީ ދިވެހިރާއްޖެ،" މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ބައެއް ގައުމުތަކުން ބޮން އެޅުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރާއިރު، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުޑަ މިންވަރެއްވެސް ޚަރަދު ނުކުރާ ކަމަށެވެ. އެހެންކަމުން، ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމުގެ ފަންނު މުޅި ދުނިޔެއަށް ދަސްކޮށްދިނުމުގެ މަސައްކަތް އެމްޑީޕީން ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ 2028 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ކާމިޔާބު ކުރުމާއެކު، އެމްޑީޕީއަކީ މުޅި ދުނިޔޭގައިވެސް ވިދާލާނެ ފަދަ ނަމޫނާ ޕާޓީއަކަށް ހައްދަވާނެ ކަމުގެ ވައުދު ވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު