ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ މީހުންނަށް ލިބޭ އަނިޔާގެ ވާހަކަ މީޑިއާގައާއި ސޯޝަލް މީޑިއާގައި ދެއްކުމުގެ ހައްގު އޮންނަންޖެހޭނެ ކަމަށް ވިދާޅުވެ، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަމްހީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ގުޅޭގޮތުން "އަދަދު" ނޫހުން އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޝަމްހީދު ވިދާޅުވީ ފުލުހުން ތަހުގީގު ނުކުރާނެ ކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި އެފަދަ ވާހަކަތައް އާންމުކުރުމަކީ ކުށެއް ނޫން ކަމަށެވެ.
"ޖިންސީ ފުރައްސާރަ ކުރުމަކީ ކުށެއް. މިއަދު އަޅުގަނޑުމެންނަށް މި ބުނެވެނީ މިތާގަ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްފިއްޔާ އެ ވާހަކަ ނުދެއްކޭނެއޭ، އެއީ ކުށެކޭ. އެއެއް ނޫންތޯ މި ދެއްކޭ ވާހަކައަކީ؟ އެއީ ކުށެއް ނޫން މި ދިވެހިރާއްޖޭގަ. އެމީހަކަށް ލިބޭ އަނިޔާއެއްގެ ވާހަކަ މީޑިއާގަވެސް ދެއްކޭނެ. ފުލުހުން ތަހުގީގު ނުކުރާނެ ކަމަށް ގަބޫލުކުރާ ހާލަތެއްގަ އެމީހަކަށް މީޑިއާގަވެސް ސޯޝަލް މީޑިއާގަވެސް އެވާހަކަ ލިޔެވެން ޖެހޭނެ،" ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައިގެ އަސްލަކީ އަންހެނަކު މީޑިއާއަށް ދިން މައުލޫމާތުތަކެކެވެ. އަދި އެއީ ގަޒްފުގެ ތުހުމަތެއް ކަމަށް ވިދާޅުވެ، އެކަން ސާބިތުކުރަން ސުވާލުކުރަންޖެހޭނީ މައުލޫމާތު ދިން އަންހެން މީހާއާ ކަމަށާއި، އެއީ އެއްގޮތަކަށްވެސް މީޑިއާއާ ދިމާލަށް ދާންޖެހޭ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ތަޅުމުގައި މިސާލެއް ދައްކަވަމުން ޝަމްހީދު ވިދާޅުވީ، މަޖިލިސް މެންބަރެއްގެ މައްޗަށް ޒިނޭގެ ތުހުމަތު މީޑިއާ މެދުވެރިކޮށް އޭނާ ކުރެއްވި ނަމަވެސް، އެކަމުގައި މަޖިލީހުގެ މުވައްޒަފުންނާއި، ބޭނުންކުރާ މައިކާއި ހާޑްޑްރައިވް ފަދަ ވަސީލަތްތައް ކުށްވެރި ނުވާނެ ކަމަށެވެ.
"އަޅުގަނޑު ފަލާހުގެ މައްޗަށް ޒިނޭގެ ތުހުމަތު މި މަޖިލީހުގަ މީޑިއާ ބޭނުންކޮށްގެން އެ ތުހުމަތު ކުރާއިރަށް މި މަޖިލީހުގަ މިހިރަ މައިކާ، މިތާ މިހިރަ ހާޑް ޑްރައިވް މި އެއްޗެހިތައް ކުށްވެރިވޭތޯއެވެ؟ މީ ސުވާލަކީ،" ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، މިފަދަ މައްސަލަތައް މަޖިލީހަށް ވައްދައިގެން ރައީސުލްޖުމްހޫރިއްޔާގެ އަގު ވައްޓާލަނީ ސަރުކާރު ހިންގާ ޕީއެންސީން އަމިއްލައަށް ކަމަށެވެ. އަދި ނޫސްވެރިންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ އެކި މާއްދާތަކުގެ ދަށުން ތަހުގީގު ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މީގެ ކުރިން މިފަދަ ތަހުގީގުތަކެއް ހިނގާފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝަމްހީދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ ރައީސް މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން، ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު