މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
އައްޑޫ ސިޓީ މަރަދޫ ދާއިރާގައި އިމާރާތް ކުރުމަށް ނިންމާފައިވާ ހައުސިންގ ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް ސާފުކުރަން ޖެހޭ ކަމަށް ހައުސިންިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅު އެ ދާއިރާގައި ހައުސިންގ ޔުނިޓުތައް އެޅުމަށް ސޮއިކޮށްފައިވާ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ދުވަހަކުތޯ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މެންބަރު އެ އިޝާރާތް ކުރައްވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢަކަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މަޝްރޫޢަކީ "ޑިޒައިން އެންޑް ބިލްޑް" އުސޫލުން، ކޮންޓްރެކްޓަރު ފައިސާ ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެ ޕްރޮޖެކްޓު މިހާރު އޮތް ސްޓޭޖެއް ބަލަންޖެހޭ ކަމަށެވެ. އެގޮތުން ޑިޒައިން މަސައްކަތްތައް ގޮސްފައިވާ ހިސާބާއި، އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ ބަލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތު އެ ޕްރޮޖެކްޓު އޮތް ސްޓޭޖެއް ޖެހޭނީ ބަލާލަން. ޑިޒައިން ސްޓޭޖު ކިހާ ހިސާބަކަށްތޯ ގޮއްސަ އޮތީ، މަސައްކަތްތައް އަމަލީ ގޮތުން ފެށޭނީ ކޮން އިރަކުތޯ،" މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށިނަމަވެސް، އެކަންތަކުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު