ރާއްޖޭގެ ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގަޔާއި، މުހިންމު ޤައުމީ މައްސަލަތަކާ މެދު މުޖުތަމަޢު ހޭލުންތެރި ކުރުމަށް ރާއްޖޭގެ ނޫސްވެރިން ކުރަށްވަމުން ގެންދަވާ ބުރަ މަސައްކަތަކީ ޝުކުރާއި ތަޢުރީފު ޙައްޤު މަސައްކަތެއް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ. އެގޮތުން އެމަނިކުފާނު ވަނީ ދިވެހި ނޫސްވެރިން ޤައުމީ ޒިންމާ އަދާކުރުމުގައި ދައްކަވަމުންދާ ހިތްވަރަށް ސާބަސް ދެއްވައި، ނޫސްވެރިންގެ މަސައްކަތުގެ އަގު ވަޒަން ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ނޫސްވެރިންނަށް ތަޢުރީފު ކުރަށްވާފައި މިވަނީ، ރާއްޖޭގައި އުފައްދާފައިވާ މީޑިއާ ކޮމިޝަންގެ ޢަމަލުތަކުގެ ސަބަބުން ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން 4 ދަރަޖަ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ބައިނަލްއަޤުވާމީ މައިދާނުގައި ކަންބޮޑުވުން އުފެދިފައިވާ ކަމުގެ ހެއްކެއް ކަމަށް ރާއްޖޭގެ ނޫސްވެރިން ދަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، މިހާރު ހެދިފައިވާ ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މީޑިއާ ކޮންޓްރޯލް ކޮމިޝަނަކީ ނޫސްވެރިންގެ މަސައްކަތްތައް ހަމަ މަގަށް އެޅުވުމަށާއި، ޒިންމާދާރުކަމާއެކު މަސައްކަތް ކުރުވުމަށް އުފެއްދި މުއައްސަސާއެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް، ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ ފާޑުކިޔުން މި މުއައްސަސާއަށް ވަނީ އަމާޒުވެފައެވެ. އެ ޖަމްޢިއްޔާތަކުން ބުނަމުންދަނީ ރާއްޖޭގައި އުފައްދާފައިވާ ކޮންޓްރޯލް ކޮމިޝަނުން ނޫސްވެރިންނަށް ފިޔަވަޅު އެޅުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ. އަދި މިއީ ނޫސްވެރިންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކަމެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު