ތިބާއީ ތިބާގެ ރަހުމަތްތެރިންގެ ޗެޓް ގުރޫޕުގައި "އިތުރު މީހެއް" ނުވަތަ "ބެކަޕް" ރަހުމަތްތެރިއެއްގެ ގޮތުގައި ހުންނަ މީހެއް ހެއްޔެވެ؟
ނަފްސާނީ އިލްމުވެރިއަކު މިކަން ދެނެގަންނާނެ ތިން ގޮތެއް ހިއްސާކުރައްވައެވެ.
ހަގީގަތުގައި ތިބާއަކީ ރަހުމަތްތެރިންގެ ގުރޫޕުގެ މެންބަރެކެވެ. ނަމަވެސް އެ ގުޅުމަކީ ވަރަށް ހީނަރު ގުޅުމެކެވެ. ގުރޫޕް ޗެޓްތަކުގައި ތިބާ އުޅެއެވެ. ދައުވަތުތައް ވެސް ލިބެއެވެ. ނަމަވެސް ގިނަ ފަހަރަށް އެ ދައުވަތުތަކަކީ "އާނ، ބޭނުމިއްޔާ އާދެވިދާނެ" ފަދަ އިބާރާތަކުން ލިބޭ ދައުވަތުތަކެކެވެ. މިކަމާ ފުންކޮށް ވިސްނާލުމުން، އެއީ ގުރޫޕުގެ މުހިންމު ބައެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ހަމްދަރުދީއަކަށްޓަކައި ނުވަތަ ފަހު ވަގުތު ހަނދާންވެގެން ކޮށްލާ ކަމެއްގެ ގޮތުގައި އިހުސާސް ކުރެވެއެވެ.
އުފަންދުވަހުގެ ޕާޓީތަކާއި، ގުރޫޕު ދަތުރުތައް ފަދަ ގިނަ މީހުން ބޭނުންވާ ބޮޑެތި ކަންކަމުގައި ތިބާ ބައިވެރިކުރެއެވެ. ނަމަވެސް، ރަހުމަތްތެރިންގެ މެދުގައި ގާތްކަން އިތުރުވެ، ހާއްސަ ހަނދާންތަކާއި މަޖާ ވާހަކަތައް އުފެދޭ ކުދިކުދި ބައްދަލުވުންތަކުން ތިބާ ފެންނަނީ މަދު ފަހަރަކުއެވެ. މިފަދަ ކަންކަން ތިބާއަށް ދިމާވާނަމަ، ތިބާއަކީ އެ ގުރޫޕުގެ "ބެކަޕް" ނުވަތަ "އިތުރު" ރަހުމަތްތެރިއަކަށް ވުން އެކަށީގެންވެއެވެ.
ކޮންމެ މީހަކީ އެންމެންގެ އެންމެ ގާތް މީހާއަށް ނުވެދާނެއެވެ. ނަމަވެސް މި ހާލަތު ތަހައްމަލު ކުރަން އުނދަގޫވަނީ، މިކަމުގައި ސީދާ ގޯސްކޮށް ކަންތައް ކުރާ މީހަކު ނުހުންނާތީއެވެ. މިކަމުގެ ސަބަބުން ހިތުގައި އުފެދެނީ ބަޔާންކުރަން ދަތި ނުތަނަވަސްކަމެކެވެ. "އަހަރެން މިއީ އެއްވެސް މީހެއްގެ އެންމެ ފުރަތަމަ އިހްތިޔާރު ހެއްޔެވެ؟ އަހަރެން އެމީހުންގެ ރަހުމަތްތެރިއަކަށް ވިޔަސް، އެމީހުންނަކީ އަހަރެންގެ ހަގީގީ ރަހުމަތްތެރިން ހެއްޔެވެ؟" މިއީ އުފެދޭ ސުވާލުތަކެވެ.
މިކަމާ ގުޅޭގޮތުން ނަފްސާނީ އިލްމުވެރިއެއް ކަމަށްވާ ޑރ. ކްރިސްޓީނާ ފެރާރީ ފާހަގަކުރައްވާ ތިން ކަމެއް ހިއްސާކޮށްލާނަމެވެ.
1. އަބަދުވެސް ދައުވަތު ލިބެނީ އެންމެ ފަހު ވަގުތު
މިއީ އިއްތިފާގަކުން ވާކަމެއް ނޫނެވެ. މިއީ ތަކުރާރުކޮށް ވާކަމެކެވެ. ކޮންމެ ރޭވުމެއްގެ މައުލޫމާތު ތިބާއަށް ލިބެނީ އެކަމެއް އޮންނަ ދުވަހުއެވެ. ކެއުމަކަށް ދާން އޮންނަ ރިޒަވޭޝަނަކަށް ތިބާ އިތުރުކުރެވެނީ، އެހެން މީހަކަށް ނާދެވޭނެކަން ކަށަވަރުވުމުންނެވެ. ބައެއް ފަހަރު މިއީ ރޭވުންތެރިކަން ކުޑަވުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ. ނަމަވެސް، ގުރޫޕުގެ އެހެން އެންމެންނަށް މާކުރިން އެނގި ތިބާއަށް އެކަނި ފަހު ވަގުތު އެނގޭނަމަ، އެއީ ވިސްނާލަންޖެހޭ ކަމެކެވެ.
2. މައިގަނޑު ރޭވުންތައް ރޭވޭ ޗެޓްތަކުގައި ތިބާ ނުހިމެނުން
ބައެއް ފަހަރު ގުރޫޕުގެ ބައްދަލުވުންތައް ރޭވޭ ގޮތް ތިބާއަށް ނޭނގި، ހުރިހާ ކަމެއް ނިމުމުން އެ މައުލޫމާތު ލިބެއެވެ. ނުވަތަ ބައްދަލުވާ ވަގުތު އެމީހުން ދައްކާ ވާހަކަތަކާއި، ޝެއަރ ކުރާ މީމްތަކަކީ ތިބާ ނުހިމެނޭ ތަނެއްގައި ހިނގާފައިވާ ކަންކަންކަން އެނގެއެވެ. މީހުންގެ މެދުގައި އެކި ގުޅުންތައް ހުރުމަކީ އާދައިގެ ކަމެއް ނަމަވެސް، އަބަދުވެސް ތިބާއަށް އިހުސާސް ކުރެވެނީ ކަމެއްގެ ފެށުމުގައި ބައިވެރިވުމުގެ ބަދަލުގައި، ފުރިހަމަވެފައިވާ ކަމެއްގެ ތެރެއަށް ފަހުން ވަދެވޭހެންނެވެ.
3. ތިބާ އިސްނަގައިގެން ނޫނީ ވާހަކަ ނުދެކެވުން
ދިރިއުޅުމުގެ ބުރަކަމުގެ ސަބަބުން ބައެއް ފަހަރު ގުޅުން ކުޑަވުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް ތިބާއަކީ ގުރޫޕުގެ މުހިންމު މެންބަރެއް ނަމަ، ތިބާ ނެތްކަން އެހެން މީހުންނަށް އިހުސާސްވާނެއެވެ. "ކޮބާ މިހާރު ކޮންތާކު؟"، "މާ ގިނަ ދުވަސްވެއްޖެ ދިމާނުވާތާ" ފަދަ މެސެޖެއް ލިބޭނެއެވެ. އެފަދަ އެއްވެސް އަޅާލުމެއް ނުލިބޭނަމަ، އޭގެ މާނައަކީ ތިބާ ނެތްކަން އެމީހުންނަށް ފާހަގަ ނުވަނީއެވެ.
މި އިހުސާސްތަކުން ދުރުވާނީ ކިހިނެއް؟
މި ވާހަކަ ދައްކައިފިނަމަ ތިބާއަކީ އަމިއްލަ ނަފްސަށް އިތުބާރު ނެތް މީހެއްގެ ގޮތުގައި ފެނިދާނެއެވެ. އެއްޗެއް ނުބުނެ ހުރެއްޖެނަމަ، ހިތުގައި އުފެދޭ ނުތަނަވަސްކަން އިތުރުވާނެއެވެ. ޑރ. ފެރާރީ ލަފާދެއްވަނީ، މާ ބޮޑު ސީރިއަސް ކަމަކަށް ނުހަދައި، "އަހަރެމެން އެންމެން ބައްދަލުވީމާ ވަރަށް އުފާވޭ، ދެން ފަހަރަކުން ކަންކަން ނިންމާއިރު އަހަރެން ވެސް ބައިވެރިކޮށްލާތި" ފަދަ އާދައިގެ ބަހަކުން ބުނުމަށެވެ.
ނަމަވެސް، އެންމެ މުހިންމު ކަމަކީ އެ ގުރޫޕުގެ މުހިންމު މެންބަރަކަށް ވާން މަސައްކަތް ކުރުމުގެ ބަދަލުގައި، "އަހަރެންގެ ވަގުތާއި ހަކަތަ ހޭދަކުރަނީ އަހަރެންގެ ގަދަރުކުރާ މީހުންގެ ގާތުގައި ހެއްޔެވެ؟" މި ސުވާލު އަމިއްލަ ނަފްސާ ކޮށްލުމެވެ. އެއް ގުރޫޕެއްގައި ތިބާ "އިތުރު" މީހަކަށް ވުމަކީ ތިބާގެ އަގު ހުރި ގޮތެއް ނޫނެވެ. އެހެންކަމުން، ތިބާއަށް އިހުތިރާމާއި ގަދަރުކުރާ އާ އެކުވެރިން ހޯދުމަށް މަސައްކަތް ކުރާށެވެ. ބައެއް ފަހަރު، ތިބާއަށް ހަގީގީ ގަދަރު ލިބޭ ތަނެއް ފެނުމުން، ކުރިން އިހުސާސް ކުރެވުނު ދެރަގޮތްތައް ފިލައިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު