އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ބޭނުންވާ ފައިސާ ނެތުމުންނާއި މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ އިންތިހާބު ފަސްކުރަން ހުށައެޅުއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ފަސްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތާއީދު ނުކުރައްވާ ކަމަށް އެ އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ހާމަކުރައްވާފައެވެ. މީކާއިލްގެ އެ ޕޯސްޓު ރީޓްވީޓް ކުރައްވައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް މިރޭ ވިދާޅުވީ، އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބު ފަސްކުރަންޖެހޭ އެއްވެސް މަޤްބޫލު ސަބަބެއް އޮތް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
އަދި ޗެއާޕާސަން އިންތިޚާބަށް ބޭނުންވާ ފައިސާ ހަމަޖެއްސޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުން އަވަސްކުރަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު ވިދާޅުވީ މި ދަނޑިވަޅުގައި އިންތިހާބެއް ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތަށް ބުރޫއަރައި، ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.ޣަފޫރު ހުށައެޅުއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ބާއްވަން ޗެއާޕާސަން އިންތިޚާބު މިވަގުތަށް ފަސްކޮށްލުމަށެވެ.
އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަން ހުށަހެޅުއްވުމާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ މަޝްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައިގައި ޣަފޫރުގެ އިސްތިއުފާއަށް ޕާޓީގެ ބައެއް މެންބަރުން އަންނަނީ ގޮވަމުންނެވެ. މި އިންތިހާބުގައި މީކާއިލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.

އިންތހާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފައިސާ ވެސް ހޯދޭނެ. އިންތިހާބު އަވަސްކުރަންވީ https://t.co/KjtAjXSkZ1
— Fayyaz Ismail (@faya_i) May 1, 2026
އަދި ޗެއާޕާސަން އިންތިޚާބަށް ބޭނުންވާ ފައިސާ ހަމަޖެއްސޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުން އަވަސްކުރަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު ވިދާޅުވީ މި ދަނޑިވަޅުގައި އިންތިހާބެއް ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތަށް ބުރޫއަރައި، ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.ޣަފޫރު ހުށައެޅުއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ބާއްވަން ޗެއާޕާސަން އިންތިޚާބު މިވަގުތަށް ފަސްކޮށްލުމަށެވެ.
އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަން ހުށަހެޅުއްވުމާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ މަޝްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައިގައި ޣަފޫރުގެ އިސްތިއުފާއަށް ޕާޓީގެ ބައެއް މެންބަރުން އަންނަނީ ގޮވަމުންނެވެ. މި އިންތިހާބުގައި މީކާއިލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު