މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު ފަސްކުރަން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރު މޫސާ ހުށައަޅުއްވައިފިއެވެ.
އެގޮތަށް ހުށައެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރު މޫސާ (ގަޕޯ) ފޮނުއްވި މެސެޖެއްގައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ސީޕީ އިންތިހާބާއި ދާއިރާތަކުގެ އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ޣަފޫރު ވަނީ ހުށައަޅުއްވާފައެވެ.
މީގެ އިތުރުން މި އަހަރުގެ ތެރޭގައި ސަރުކާރުން ޕާޓީއަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ލިބިފައި ނުވާތީ، ޕާޓީ ހިންގުމަށާއި އިންތިހާބު ބޭއްވުމަށް ބޭނުންވާ މާލީ ތަނަވަސްކަން މިވަގުތު ޕާޓީގައި ނެތް ކަމަށް ޣަފޫރު ފޮނުއްވި މެސެޖުގައި ފާހަގަކުރައްވާފައިވެެއެވެ.
އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީގެ އިސް ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށްގެން ވަގުތީ އިންތިޒާމެއްގެ (އިންޓަރީމް އެރޭންޖްމަންޓް) ދަށުން ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ޣަފޫރު ހުށައެޅުއްވިއެވެ. ނަމަވެސް، އެ އިންތިޒާމުގައި އޭނާ އަމަލީގޮތުން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
އަދި ޕާޓީގެ ކުރިމަގަށްޓަކައި މި ހުށަހެޅުންތަކަކީ މުހިންމު ކަންތައްތަކެއް ކަމަށް ދެކެވަޑައިގަންނަވާތީ، އެ މައްސަލަ ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށްވެސް ޣަފޫރު ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު