މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަލަސްތީނުގެ މައްސަލައަށް އޮންނަ ސަމާލުކަން ކުޑަވެގެން ނުވާނެ ކަމަށް ފަރަންސޭސިވިލާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޖެރޯމް ބޮނަފޮންޓް ވިދާޅުވެއްޖެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ގާޒާ އާއި ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.
އެހެންކަމުން ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާޒާގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮނަފޮންޓް ވިދާޅުވީ، އެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށެވެ.
އިސްރާއީލުން އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށާއި، އދ. ގެ މުވައްޒަފުންނާއި ތަންތަނަށް ހިމާޔަތް ދިނުމަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން، ގާޒާ އާރާސްތުކުރުމުގެ މަސައްކަތް ފެށުމަށާއި، ފަލަސްތީނުގެ އިސްލާހުކުރެވިފައިވާ ސަރުކާރެއްގެ ބާރު އެ ސަރަހައްދުގައި ހިނގަންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި އިސްރާއީލުން އާބާދުތައް އިތުރުކުރުމާއި، ފަލަސްތީނު މީހުން ގަދަކަމުން ބޭރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފަރަންސޭސި މަންދޫބު ވިދާޅުވިއެވެ.
އަދި ފަލަސްތީނުގެ އޮތޯރިޓީއަށް ލިބެންޖެހޭ ޓެކްސް ފައިސާ ދޫކުރުމަށާއި، އެ އިދާރާ މާލީ ގޮތުން އިނދަޖެހުނަނުދީ ހިފެހެއްޓުމަށް އިސްރާއީލަށް އިލްތިމާސްކުރެއްވިއެވެ.
ފަރަންސޭސިވިލާތުން އަދިވެސް ތާއީދުކުރަނީ 'ޓޫ-ސްޓޭޓް ސޮލިއުޝަން' ނުވަތަ ދެ ދައުލަތް އުފެއްދުމުގެ ހައްލަށް ކަމަށާއި، އެއީ ސަރަހައްދީ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ލުބުނާނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ ގައުމުގެ ސިޔާދަތީ ބާރު މުޅި ގައުމުގައި ހިންގުމަށް ކުރާ މަސައްކަތަށް ފަރަންސޭސިވިލާތުން ތާއީދުކުރާކަން ހާމަކުރެއްވިއެވެ.
އަދި ހިޒްބުالله އިން ލުބުނާނު ހަނގުރާމައެއްގެ ތެރެއަށް ވައްދާފައިވާތީ އެކަން ކުށްވެރިކޮށް، އދ. ގެ ގަރާރު 1701 އަށް ބޯލެނބުމަށް ހުރިހާ ފަރާތްތަކަށް ގޮވާލެއްވިއެވެ.
މެދުއިރުމަތީގެ ދާއިމީ ސުލްހައަށްޓަކައި އީރާނުންވެސް އެ ގައުމުގެ ސިޔާސަތުތައް ބަދަލުކޮށް، އަވަށްޓެރި ގައުމުތަކާއެކު ސުލްހަވެރިކަމާއެކު އުޅުމަށް ބޮނަފޮންޓް ބާރުއެޅުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު