ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ބޮޑުތަނުން އިތުރުވެފައިވާތީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ 400 އިންސައްތައަށް ވުރެ އިތުރުވެފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވަނީ ޑެންގީގެ 374 ކޭސްއެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2,183 އަށް އުފުލިފައެވެ.
ވަކިވަކި މަސްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު 75 ކޭސް ރިޕޯޓްކުރިއިރު މިއަހަރުގެ ޖެނުއަރީ މަހު އެކަނިވެސް 679 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ފެބްރުއަރީ މަހު މިދިޔަ އަހަރު 87 ކޭސް ފެނުނު ނަމަވެސް މިއަހަރު އެ މަހު 428 ކޭސް ފެނިފައިވެއެވެ. އަދި މާޗް މަހު މިދިޔަ އަހަރު 76 ކޭސް ރިޕޯޓްކުރިއިރު މިއަހަރު އެ އަދަދު ވަނީ 600 އަށް އަރާފައެވެ. މި ހިނގާ އޭޕްރީލް މަހުގެ މިހާތަނަށް 476 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓްކޮށްފައިވަނީ 135 ކޭސްއެވެ.
ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ ފެތުރޭ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މިދިޔަ މަހުގެ 22 އިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 21,687 މީހުން ވަނީ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން އަތޮޅުތެރެއިން 11,792 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ 9,894 ކޭސްއެވެ.
މީގެއިތުރުން އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދުވެސް ވަނީ މިއަހަރު އިތުރުވާން ފަށާފައެވެ. އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހު އިންފްލުއެންޒާއަށް ޓެސްޓުކުރި 791 މީހުންގެ ތެރެއިން 99 މީހުން ޕޮޒިޓިވްވެފައިވެއެވެ. ފެބްރުއަރީ މަހު 134 މީހުން ޓެސްޓްކުރިއިރު 8 މީހުން ޕޮޒިޓިވްވިއިރު، މާޗް މަހު 105 މީހުން ޓެސްޓްކުރިއިރު 5 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ހިނގާ އޭޕްރީލް މަހުގެ މިހާތަނަށް 89 މީހުން ޓެސްޓްކުރިއިރު އޭގެ ތެރެއިން 18 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.
ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ރޯގާގެ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު