ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓަށް މި ސަރުކާރުން ގެނައި ބަދަލަކީ ތާރީޚީ އަދި އެހާމެ މުހިންމު ނިންމުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ވަރަށް ބޮޑު އިސްކަމެއް ކަމަށެވެ. އެގޮތުން، މީގެ 60 ވަރަކަށް އަހަރު ކުރިން އެކުލަވާލާފައިވާ "ހަނޑޫ، ހަކުރު، ފުށް" މި ތިން ބާވަތުގެ މައްޗަށް އެކުލެވޭ ލިސްޓު ބަދަލުކުރަން ރައީސް ނިންމެވީ މި ޒަމާނުގެ އާއިލާތަކުގެ ބޭނުންތަކަށް ރިޢާޔަތްކުރެއްވުމަށްފަހު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ނިންމެވުމަށް ބާރުދިން މުހިންމު ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ، ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން ކާބޯތަކެތީގެ އަގުތައް އުފުލި، ކުރިމަތިވި ދަތިތަކެވެ. އެފަދަ ހާލަތެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ރައީސް އިރުޝާދު ދެއްވީ ހަމައެކަނި ތިން ބާވަތުގެ ބަދަލުގައި، އާންމު ދިރިއުޅުމުގައި ބޭނުންކުރާ އިތުރު ބާވަތްތައް ލިސްޓުގައި ހިމެނުމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާއިލާއަކަށް ހަމައެކަނި ބޭނުން ވާނީ ހަނޑުލާ، ހަކުރާ، ފުށެއް ނޫނޭ މި ޒަމާނުގައި. މީގެ 60 އަހަރު ކުރިން އެކަން އޮތް ގޮތަކަށް ނޫނޭ މިހާރު އެކަން އޮންނަން ވާނީކީ،" މިނިސްޓަރ ވިދާޅުވިއެވެ.
މި އިރުޝާދުގެ ދަށުން، ހެލްތު މިނިސްޓްރީއާއި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އަސާސީ ކާބޯތަކެތީގެ ލިސްޓު މިހާރު ވަނީ 26 ބާވަތަކަށް އިތުރުކޮށްފައެވެ. އޭގެ ތެރޭގައި 10 ބާވަތުގެ ތަރުކާރީއާއި، 10 ބާވަތުގެ މޭވާގެ އިތުރުން ގޭގޭގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ 3 ބާވަތެއް ހިމެނެއެވެ.
ކެބިނެޓުން ނިންމާފައިވަނީ މި 26 ބާވަތަކީ ކޮންމެފަދަ ހާލަތެއްގައިވެސް ރާއްޖެއިން ލިބެން ހުންނަންޖެހޭނެ ތަކެތި ކަމަށެވެ. އަދި މި ތަކެތި އެއިރެއްގައި ވިއްކޭނެ އެންމެ ހެޔޮ އަގުގައި ބާޒާރުން ލިބޭނެކަން ސަރުކާރުން ކަށަވަރު ކުރަމުންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ތަކެތީގެ އަގުބޮޑުވެ، ތަކެތި ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތީ ސަރުކާރުން ދުރާލާ އެޅި މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު