ކައިވެނިން ބޭރުން އެއްވެސް އަންހެނަކާ އެކު ނަހަމަ ގުޅުމެއް ހިންގާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ މުވައްޒަފަކާއެކު ކައިވެނިން ބޭރުން ރައީސް މުހައްމަދު މުއިއްޒު އަންހެނަކާއެކު ގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތު ކޮށް ޑޮކިއުމަންޓްރީ އެއް އާންމުކުރީ "އަދަދު" ނޫހުންނެވެެ. ރައީސް އޮފީހުގައި މިދިޔަ އަހަރު މަސައްކަތް ކުރި އެ މުވައްޒަފު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އުޅުނީ ލޯބީގެ ގޮތުން މުއިއްޒުއާ ގުޅިގެން ކަމަށާއި ކައިވެނިން ބޭރުން ޖިންސީ ގުޅުން ވެސް ހިންގާފައިވާނެ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޙައްމަދު މުޢިއްޒު ވަނީ އެއީ ކަނޑައެޅި ދޮގެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ކުރެވެނު ތުހުމަތުތަށް ދޮގުކުރައްވާފައެެވެ.

ރައީސް ވަނީ އެމަނިކުފާނަށް ދޮގު ތުހުމަތުތަށް ކުރި ފަރާތްތަކާއި ދެކޮޅަށް ދަޢުވާ ކުރުމަށް ކަމާ ގުޅުންހުރި މުވައްސަސާތަކުގައި އެދިވަޑައިގެންފައެވެ.

" ކަނޑައެޅިގެން ދޮގު ވާހަކަ އެއް ތީ އެނގޭތޯ ދެން އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަަކަ، ކަނޑައެޅިގެން ދޮގު ވާހަަކަ ހިމަނައިގެން ތިބޭފުޅުން ވީޑިއޯ އެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފު ވެވަޑައިގެންނެވީ މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާއި ދެކޮޅަށް ދަޢުވާ ކުރަން އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ކިބައިން،" އަދަދު ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު