ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މެދުގައި ނަގާ "ރިކޯލް ވޯޓަކުން" ކަމަށް ކަނޑައަޅަންޖެހޭ ކަމަށް ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޒު މުޙައްމަދު ޖިނާޙް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަޝްހޫރު ޤާނޫނީ ވަކީލު ޖިނާހު ވިދާޅުވީ، އިންތިޚާބީ މެންބަރުން ޒިންމާދާރުކުރުވުމަށްޓަކައި ރިކޯލް ވޯޓު ނެގޭނެ ނިޒާމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މިކަން ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ޖިނާޙް ވިދާޅުވީ، "މިޑް-ޓާމް" އިލެކްޝަނެއް ބޭއްވުން ނުވަތަ މަޖިލީހުގެ ދައުރު ދެ އަހަރާއި ބަޔަށް ކުރުކުރުމަކީ އޮޓޮމެޓިކް ރިކޯލް ވޯޓެއް ނެގޭނެ ނިޒާމެއް ކަމަށެވެ. ނުވަތަ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ވެސް ވަކި އުސޫލުތަކެއްގެ ދަށުން ރިކޯލް ކުރެވޭނެ މަގު ފަހިވެފައި އޮންނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ރިކޯލް ވޯޓަކީ ކޮންމެ ކޮންމެ ދުވަހަކު ސަކަރާތް ޖަހަން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި، އެކަމުގައި ހަރުދަނާ އުސޫލުތަކެއް ހުންނަންޖެހޭނެ ކަމަށް ޖިނާހު ވިދާޅުވިއެވެ. އެގޮތުން މެންބަރަކު އިންތިޚާބުވާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ "ގްރޭސް ޕީރިއަޑް" އެއް ނުވަތަ ފުރުސަތެއް ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިކޯލް ވޯޓަކަށް ދިއުމުގެ ކުރިން މެންބަރަކު ވަކިކުރެވިދާނެ ހާލަތްތަކަށް އަލިއަޅުވާލައްވަމުން ޖިނާހު ވިދާޅުވީ، މެންބަރަކު މަޖިލީހުގެ ތެރޭގައި އަޚުލާގީ ގޮތުން ދަށު ދަރަޖައިގެ ކަމެއް ކުރުން، މަޖިލީހުގެ މުދަލާއި ފައިސާއަށް ގެއްލުން ދިނުން، ނުވަތަ ބޮޑު ކުށެއް ސާބިތުވުން ފަދަ ޑިސިޕްލިނަރީ މައްސަލަތަކުގައި ގްރޭސް ޕީރިއަޑަކާ ނުލައި ވެސް ފިޔަވަޅު އެޅޭނެ ގޮތްތައް ހުންނަންޖެހޭނެ ކަމަށެވެ.
މި އިސްލާހީ ބަދަލުތަކަކީ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީވުން އިތުރުވެ، މަޖިލީހުގެ ހުރުމަތް ހިފެހެއްޓުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޖިނާހު ވަނީ ސިފަކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ޕީ.އެން.ސީގެ މެންބަރުންގެ ފުރިހަމަ ތާއީދާއެކު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ ހިމެނޭހެން ޖުމްލަ ފަސް މާއްދާއަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި އިޞްލާޙުތަކުގެ ދަށުން، މަޖިލިސް މެންބަރަކު އިންތިޚާބުވި ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކޯޓުން މިކަމުގައި ޙުކުމް އިއްވުން އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. މީގެ އިތުރުން، އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަޤާމުން ވަކިކުރެވޭނެ 'ރިކޯލް ވޯޓު' އެކުލެވޭ ނިޒާމެއް ތަޢާރަފުކުރެއްވުމަށް ޤަޞްދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު