ދައުލަތުގެ އިސްރާފު ބޮޑުވުމުގެ ސަބަބުން ތެޔޮ ގަންނާނެ ޑޮލަރު ހަޒާނާގައި ހުރިކަންވެސް މިއަދު ނޭނގޭ ކަމަށާއި، ދައުލަތުގެ ހަޒާނާ އޮތީ ފެއިލްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން ހުށަހަޅުއްވާފައިވާ މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުންނެވެ. މި ބިލަކީ މަސްވެރިކަމުގެ ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމަށާއި، މަސްވެރިކަން ކުރަން ހުއްދަ ބާވަތްތައް ކަނޑައެޅުމުގެ އުސޫލުތައް މުރާޖައާ ކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މަޖިލީހުގެ ބަހުސްގައި ޝަމްހީދު ވިދާޅުވީ، މަސްވެރި އާއިލާތައް ބިކަވެފައި ތިބިއިރު ސަރުކާރުން އެކަމާ އަޅާނުލާ ކަމަށެވެ. ނަމަވެސް، ސަރުކާރަށް ނިސްބަތްވާ ހުވަދޫ އަތޮޅުގެ މެންބަރުން މަސްވެރިންގެ ހައްގުގައި ފާޑުވިދާޅުވާން ފެށުމުން، މަޖިލިސް ޒިންމާދާރުވާން އުޅޭކަމުގެ އިހުސާސް ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ވަކި ދޯނިފަހަރަކަށް އިސްކަންދީގެން މަސްގަންނަ ވާހަކަ އާއި ތެޔޮ ނުލިބޭ ވާހަކަ ސަރުކާރުގެ މެންބަރުންވެސް މިހާރު ފާހަގަކުރަށްވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މި ސަރުކާރުން ވެރިކަމަށް އައީ ބޮޑުކަންނެލި ކިލޯއެއް 80 އާއި 100 ރުފިޔާއާ ދެމެދު ގަންނާނެ ކަމަށާއި، މަސްކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދޭނެ ކަމުގެ ވައުދާއެކު ކަން ޝަމްހީދު ހަނދާންކޮށްދެއްވިއެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރުވެގެން ދިޔައިރުވެސް މި ވައުދުތައް ނުފުއްދި، މަސްވެރިން މިއަދު ތިބީ ވަރަށް ދަތި ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރަށް ޑރ. ޝަމްހީދު ވިދާޅުވީ، މަސްވެރިކަމުގެ މިނިސްޓަރަށް ރުހުން ދިނުމުން ހުއްޓިފައިވާ މަސްވެރިކަން އަލުން ފެށޭނެ މަގެއް ފެންނާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ. އަދި ކުރީގެ އެމްޑީޕީ ސަރުކާރުން ފެށި "ގޭދޮށު މަސް ފެކްޓްރީ" އާއި "އޯފްޝޯ ޕްލެޓްފޯމް" ފަދަ މަޝްރޫއުތައް މި ސަރުކާރުން ބަލައިގަނެ ގާނޫނުގައި ހިމެނުމުން އެކަމަށް އޭނާ މަރުހަބާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު