ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފިއެވެ.
ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ނާޒިމަކީ މީގެކުރިން މި ދެ ކޮމިޓީގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި މެންބަރެކެވެ. ވަކިން ހާއްސަކޮށް، މި ދެ ކޮމިޓީން ކުރިއަށް ގެންދިޔަ ކޮރަޕްޝަންގެ މައްސަލަތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ބޮޑެތި މައްސަލަތައް ބަލަން އެކުލަވާލާފައިވާ ސަބް ކޮމިޓީތަކުގެ މުގައްރިރުކަން އެންމެ ގިނައިން ކުރައްވާފައިވަނީ ވެސް ނާޒިމެވެ.
އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މީހަކު މަރުވި ހާދިސާ ބެލުމާއި، ފެނަކަ އާއި ޕޮލްކޯގެ ހިޔާނާތުގެ މައްސަލަތައް ބެލުން ހިމެނެއެވެ. މީގެއިތުރުން އެމްޕީއެލްގެ ބަދަރުން ސިނގިރެޓް ކޮންޓޭނަރެއް ވަގަށް ނެގި މައްސަލައާއި، ރާއްޖެއަށް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރި މައްސަލަތައް ބެލުމުގައި ވެސް ނާޒިމް ވަނީ އިސް ދައުރެއް އަދާކުރަށްވާފައެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަ ގޮތުގައި، މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީގެ މެންބަރުންގެ ލިސްޓުގައި ނާޒިމްގެ ނަމެއް ނެތެވެ. އޭގެ ބަދަލުގައި ވެބްސައިޓްގައި އޭނާގެ ނަން ހިމަނާފައިވަނީ އެ ދެ ކޮމިޓީގައި "ކުރިން މަސައްކަތް ކުރެއްވި މެންބަރުންގެ" ލިސްޓުގައެވެ. މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވެސް ނާޒިމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މި ބަދަލު މަޖިލީހުގެ ވެބްސައިޓުން ފެންނަން އޮތް ނަމަވެސް، ކޮމިޓީތަކަށް ގެނައި މި ބަދަލު ރަސްމީކޮށް މަޖިލީހުގެ ތަޅުމުގައި އަދި އިއުލާނެއް ނުކުރެއެވެ. އާންމު އުސޫލުން ކޮމިޓީތަކުގެ މެންބަރުންނަށް ބަދަލު އަންނަނީ ސިޔާސީ ޕާޓީތަކުން ބޭނުންވެގެން ނުވަތަ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ގެނެވޭ އިސްލާހުތަކާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިންނާއި ޕީއެންސީން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް މިހާރު ހިމެނިވަޑައިގަންނަވަނީ އެސްއޯއީ ކޮމިޓީ އާއި، ތިމާވެށި ކޮމިޓީގައެވެ.

ކިޔުންތެރިންގެ ހިޔާލު