ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ކުރިއަށްގެންދާ އިހުތިޖާޖުތަކުގެ ތެރެއިން، މިރޭގެ މުޒާހަރާގެ ބައިވެރިން މަޖީދީމަގަށް ނުކުމެ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހަރަކާތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މުޒާހަރާގެ ބައިވެރިން "އެލް ސޯފާ" އެއް މަޖީދީމަގަށް ނެރެ، އެ ސޯފާއާ އެކު މަގުމަތީގައި އިހުތިޖާޖު ކުރިއަށް ގެންދިއުމެވެ.
މިއީ ސަރުކާރަށް ފާޑުކިޔުމާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެ ޕާޓީގެ ސަޕޯޓަރުން ބޭނުންކުރަމުންދާ ރަމްޒީ ވަސީލަތެކެވެ.
އެގޮތުން މުޒާހަރާގެ ބައިވެރިން މިހާރު ދަނީ މަޖީދީމަގުން ކުރިއަށް ހިނގަމުންނެވެ. މި ހިނގާލުމުގައި ބައިވެރިން ދަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލައި، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލަމުންނެވެ.
އިދިކޮޅު ޕީއެންއެފްގެ އިސް ބޭފުޅުންނާއި އާންމު މެންބަރުން ބައިވެރިވާ މި މުޒާހަރާގެ ސަބަބުން މަޖީދީމަގުގެ ޓްރެފިކަށް ކޮންމެވެސް ވަރެއްގެ ބާރުބޮޑުވުމެއް އައިސްފައިވާއިރު މިހާރު މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވާންފަށާފައެވެ.
ޕީއެންއެފްއިން ބުނީ ސުލްހަވެރިކަމާއެކު ކުރަމުންދާ މިފަދަ މުޒާހަރާތަކަކީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރިއަށްގެންދާ ހަރަކާތްތަކެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު