މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ލޮޅުންތަކެއް އެރި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ސަރުކާރުން ކަށަވަރު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހަނގުރާމަައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރު ދެނެގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލީ ކްރައިސިސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ތެލުގެ އަގަށް ބަދަލު އައުމަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ނަމަވެސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދޭނެ ކަމަށެވެ.
ތެލުގެ ސްޓޮކް ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި މަހުގެ ތެރޭގައި ތެލުގެ ތިން ޝިޕްމެންޓެއް ރާއްޖެއަށް ލިބޭނެ ކަމަށެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހު 18,000 މެޓްރިކްޓަނުގެ ޑީސަލާއި 5,400 މެޓްރިކްޓަނުގެ ޕެޓްރޯލު ވަނީ ގެނެސްފައެވެ. މީގެ އިތުރުން، އޭޕްރީލް 24 ގައި 25,400 މެޓްރިކްޓަނުގެ ޑީސަލް އަދި މި މަހުގެ 28 ވަނަ ދުވަހު 28,000 މެޓްރިކްޓަނުގެ ޖެޓް ފިއުލް ރާއްޖެއަށް ލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ތެޔޮ ގެނައުމުގައި ގެންގުޅޭ ސިޔާސަތަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، އާންމުކޮށް އޮމާނުން ތެޔޮ ގަންނަމުން އައި ނަމަވެސް، މިހާރު ސިންގަޕޫރުންވެސް ޝިޕްމެންޓުތައް ގެންނަން ފަށާފައިވާ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ތެޔޮ އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ސިނާއަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. މިސާލެއްގެ ގޮތުން، ނިމިދިޔަ ރޯދަމަހު މަސްވެރިންނަށް ދިމާވި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވާކަން ފާހަަގަކުރެއްވިއެވެ.
މާލީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލަމުން މިނިސްޓަރު ވިދާޅުވީ، ތަކެތީގެ އަގު ހިފެހެއްޓުމަށާއި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ބޭރު ފައިސާ ދޫކުރާ މިންވަރު މި ސަރުކާރުން ވަނީ ބޮޑުތަނުން އިތުރުކޮށްފައި ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭރު ފައިސާގެ ގޮތުގައި ދޫކޮށްފައިވަނީ 5.6 މިލިއަން ޑޮލަރު ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ އަދަދު 106 މިލިއަން ޑޮލަރަށް އުފުލިފައިވާކަން މިނިސްޓަރު ޒަމީރު ހާމަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު