ފާއިތުވި 10 އަހަރުގެ ތެރޭގައި މާލެ ސިޓީ ކައުންސިލް އޮޑިޓްކޮށްފައި ނުވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި ސިޓީއެއް ފޮނުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މެންބަރު ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، މާލޭގެ ބިންތަކާއި ތަންތަނުގެ އިތުރުން އާންމު ވަސީލަތްތަކުން މާލީ ނަފާ ހޯދަމުންދާ މާލެ ސިޓީ ކައުންސިލް، ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އޮޑިޓްކޮށްފައި ނުވާކަން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތައް އޮޑިޓްކުރުމުގެ މަސްއޫލިއްޔަތު އޮތް އޮޑިޓާ ޖެނެރަލް ވެސް އެ މަސައްކަތް ކުރައްވާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު ވިދާޅުވި ގޮތުގައި، މާލެ ސިޓީ ކައުންސިލް ފަދަ މުހިންމު އިދާރާއެއް މިހާތަނަށް އޮޑިޓްކޮށްފައި ނުވަނީ ކީއްވެގެންކަން ސާފުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކެވެ. އެހެންކަމުން، މިކަން ހިނގައިދިޔަ ގޮތް ބަލައި، އަވަސް މުއްދަތެއްގެ ތެރޭގައި އޮޑިޓްކޮށް ރިޕޯޓުތައް އާންމުކުރުމަށް ބާރުއެޅުމުގެ ގޮތުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީގެ 99 ވަނަ މާއްދާއިން މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން، މާލެ ސިޓީ ކައުންސިލާއި އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް މެންބަރު މުހައްމަދު އިބްރާހީމް ވަނީ ހުށަހަޅުއްވާފައެވެ.
މި މައްސަލައަކީ ދައުލަތުގެ މާލީ ހިސާބުތަކުގެ ދެފުށް ފެންނަ މިންވަރު ކަށަވަރުކުރުމަށް މުހިންމު މައްސަލައެއްގެ ގޮތުގައި މެންބަރު ވަނީ ސިފަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު