ސަރުކާރުގެ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބޮޑު ބަދަލާއެކު، ރާއްޖޭގެ މީޑިއާތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅޭ ހުރިހާ މަސްއޫލިއްޔަތުތަކެއް އަލުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފިއެވެ.
މި ބަދަލު ގެންނަވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކެބިނެޓަށް ގެންނެވި ބަދަލުތަކާ ގުޅިގެން، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ" ގެ ނަމަށް ހޯމް މިނިސްޓްރީ ބަދަލުކޮށް، ރައީސް އޮފީހުން އާންމުކުރި އެ މިނިސްޓްރީގެ އާ މެންޑޭޓުގައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، ރާއްޖޭގެ ޕްރިންޓް މީޑިއާ އާއި އިލެކްޓްރޯނިކް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަކީ ދެން ހޯމް މިނިސްޓްރީގެ ޒިންމާއެކެވެ. މީގެ އިތުރުން، ރާއްޖޭގެ ލިޔުންތެރިން ދަފުތަރުކޮށް، އެ ދަފުތަރު ބެލެހެއްޓުމުގެ މަސައްކަތްވެސް މިހާރު ވަނީ އެ މިނިސްޓްރީއާ ހަވާލުކުރައްވާފައެވެ.
ހަމައެއާއެކު ޖަމިއްޔާތަކުގެ ބެލެނިވެރި މިނިސްޓްރީގެ ހައިސިއްޔަތުން ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން އައްޔަނުކުރާ ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައިދިނުމާއި، ޖަމިއްޔާތަކުގެ ދައުރު ފުޅާކޮށް ކުރިއެރުވުމާއި، ރައްޔިތުން އެފަދަ ހަރަކާތްތަކަށް ޝައުގުވެރި ކުރުވުމާއި، ޖަމިއްޔާތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދޭނެ ގޮތްތަކާ ބެހޭ މަޝްވަރާ ދިނުމާއި، އެފަދަ އެހީތައް ބޭނުންކުރާ ގޮތް ވިލަރެސްކުރުމާއި، ސަރުކާރުގެ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރު އަދި ޖަމިއްޔާތަކާ ދެމެދު ގުޅުން ހަރުދަނާކޮށް، ގައުމީ ތަރައްގީގެ މަޝްރޫއުތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމާއި، ޖަމިއްޔާތަކުގެ ގައުމީ ފޯރަމެއް ގާއިމުކުރުން ހިމެނެއެވެ.
ސަރުކާރުގެ އޮނިގަނޑަށް ގެނައި މި ބަދަލާއެކު، މިނިސްޓްރީތަކުގެ އަދަދު ވަނީ 15 އަށް މަދުކޮށްފައެވެ. މި ބަދަލުގައި ބައެއް މިނިސްޓްރީތައް އުވާލާފައިވާއިރު، އޭގެ ތެރޭގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް، ހަޔާ އެޑިއުކޭޝަން، ޔޫތު އެމްޕަވަމަންޓް، ސިޓީސް އެންޑް ލޯކަލް ގަވަމަންޓް އަދި އެގްރިކަލްޗާ މިނިސްޓްރީ ހިމެނެއެވެ.
އަދި އަލަށް އުފެއްދެވި ހަމައެކަނި މިނިސްޓްރީއަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު