ގައުމުގެ ކަންކަން އަމިއްލައަށް ހިނގަމުންދާނެ ކަމަށް ބަލައިގެން ތިބުމުގެ ބަދަލުގައި، ރައްޔިތުން އެކަމުގެ ޒިންމާ އުފުލަންޖެހޭ ކަމަށް ވިދާޅުވެ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކްލަރެންސް ތޯމަސް ރައްޔިތުންނަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.
ތޯމަސް ވިދާޅުވީ ގައުމަކީ "އޮޓޯޕައިލެޓް" ގައި ނުވަތަ އަމިއްލަ ޒާތުގައި ހިނގާނެ އެއްޗެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި، ކޮންމެ ރައްޔިތަކީވެސް ގައުމުގެ ސަލާމަތާއި ކުރިއެރުމަށް މަސައްކަތް ކުރަންޖެހޭ ފަރުދެއް ކަމަށެވެ.
މިކަން ސިފަކޮށްދެއްވުމުގެ ގޮތުން އޭނާ ވަނީ ވަރަށް އާދައިގެ ނަމަވެސް މާނަ ފުން މިސާލެއް ދައްކަވާފައެވެ. "މީހަކަށް ތިމާގެ ކާރު ދުއްވަން ދީފައި، އެ ކާރު އޮތް ހާލަތު ދުވަހަކުވެސް ބަލާނުލައި ހުރެފައި، އެނބުރި ލިބޭއިރު އެ ކާރު އޮންނާނެ ހާލަތާއިމެދު ސުވާލު ކުރައްވާފައެވެ.
މި މިސާލުން އޭނާ ބާރުއެޅުއްވީ ގައުމުގެ ކަންކަން ހިނގާގޮތް ގާތުން ބަލައި، އިސްލާހުކުރަންޖެހޭ ކަންކަމުގައި ބަސްބުނެ، ޒިންމާދާރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ފަނޑިޔާރު ތޯމަސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިނިވަންކަމާއި ޑިމޮކްރަސީއަކީ ހަމައެކަނި ލިޔެވިފައިވާ ގާނޫނުތަކެއް ނޫނެވެ. އެއީ ރައްޔިތުންގެ ބައިވެރިވުމާއި، ފާރަވެރިވުން ނެތް ނަމަ ބަލިކަށިވެގެންދާނެ ނިޒާމުތަކެކެވެ. އެހެންކަމުން، ގައުމުގެ މުސްތަގުބަލު އަމާން އައްސޭރިއަކަށް ގެންދިއުމަށްޓަކައި ކޮންމެ މީހަކުވެސް ތިމާގެ ދައުރު އަދާކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު