ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުން ޔަގީންކޮށްދީފިއެވެ.
ރައީސް އޮފީހުން ބުނީ ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރަށްވާފައިވާ ކަމަށެވެ.
އަދި އެބޭފުޅުން އިސްތިއުފާ ދެއްވެވީ ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ކަމަށްވެސް ރަައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު އިސްތިޢުފާ ދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރަށްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރަށްވާފައި ކަމަށެވެ.
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުންނަކީ މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ހެލްތްގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢާއިޝަތު ޝިހާމް، މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑޮކްޓަރ މަރްޔަމް މާރިޔާ، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުން އިބްރާހީމް ވަޙީދު، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އާދަމް ޝަރީފު ޢުމަރު އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދެވެ.
މިބޭފުޅުންގެ އިތުރުން އިއްޔެވަނީ ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ އާރިފް މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މި ބަދަލުތަކަކީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަށްފަހު، ސަރުކާރުގެ ހިންގުމަށް ގެންނަން ފަށާފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި އެ ވޯޓުގައި ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
އިންތިޚާބުގެ ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިން މަޤާމުތަކުން ވަކިކުރުމާއި އިސްތިޢުފާ ދިނުން ވަނީ އިތުރުވެފައެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރާއި، ސަރުކާރުގެ ފެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން އާދީއްތަ ދުވަހު ވަނީ ކުއްލި ގޮތަކަށް މަޤާމުތަކުން އިސްތިޢުފާ ދެއްވައިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާހު އާއި، އެގްރޯނެޓްގެ އެމްޑީ ޙުސައިން ދީދީގެ އިތުރުން، އެމްޕީއެލްގެ އެމްޑީ ރިޝްވާން ވެސް ވަނީ ސަރުކާރުން އަންގައިގެން މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. މީގެ އިތުރުން އެމް.ޑަބްލިއު.އެސް.ސީ އާއި އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.
ސަރުކާރުގެ މަތީ މަޤާމުތަކުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފް ހިމެނިވަޑައިގަންނަވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ފަހުން ސަލްމާ އާއި، އާމިނަތު ޙުސައިން ޝަރީފްގެ މަޤާމް ވަނީ އިއާދަ ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އިންތިޚާބުގެ ނަތީޖާއަށް ބަލައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިޞްލާޙު ކުރަށްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު