ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮލިޓީ ދުއްވާލީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ކަމަށާއި، ރައީސްއަށް އެންމެ އިޚުލާސްތެރި މެންބަރަކީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ރައީސް މުޢިއްޒަކީ ނުހަނު ޤާބިލު ބޭފުޅެއް ކަމަށާއި، އެކަން އެމަނިކުފާނު ކުރިން ވަޒީރުކަމުގައި ހުންނެވިއިރު ސާބިތު ކޮށްދެއްވާފައިވާ ކަމަށެވެ. ނަމަވެސް، މަޖިލީހުގައި ތިއްބެވި ޕީއެންސީގެ ބައެއް މެންބަރުންގެ އަމަލުތަކުގެ ސަބަބުން ރައީސްގެ ކޮލިޓީ ދުއްވާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ދާދި ފަހުން ބޭއްވުނު ބައެއް ކައުންސިލް އިންތިޚާބުތަކުގެ ނަތީޖާއަށް އަލިއަޅުވާލައްވައި އައްބާސް ވިދާޅުވީ، އެ ނަތީޖާތަކުން ފެނިގެންދަނީ މަޖިލީހުގެ ޕީއެންސީ މެންބަރުން ރައީސް މުޢިއްޒަށް ގޯސް މަންޒަރެއް ދައްކާފައިވާކަން ކަމަށެވެ. އަދި ރައީސްއަށް ހަގީގީ މަންޒަރު އޮޅުވާލުމުގެ ސަބަބުން ސަރުކާރަށް އޮތް ތާއީދަށް އޭގެ އަސަރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭޕްރީލް 4 ގެ ފަހުންތޯ ރައްޔިތުން ތިބި ޙާލަތު އެނގުނީ؟.. ކީއްވެތޯ މަޖިލީހުގެ ޖަލްސާތައް މިހުރިހާދުވަހު ނުބާއްވާ ތިބީ؟" އައްބާސް ވިދާޅުވިއެވެ.
އައްބާސް ފާހަގަ ކުރެވެނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަރަށް މިނިވަންކަމާއެކު ފާޑުވިދާޅުވާ މެންބަރެއްގެ ގޮތުގައެވެ. އެގޮތުން، ރައްޔިތުންތިބީ ނިކަމެތި ޙާލަތެއްގައި ކަމާއި، ތަކެތީގެ އަގު އަތްނުފޯރާފަށުގައި ހުރިކަން މެންބަރުންނަށް އެނގުނީ މިއަދުތޯ އައްބާސް ސުވާލު އުފެއްދެވިއެވެ. އަދި ތިމާއާއި ޚިޔާލު ތަފާތުވާ މީހުން ދައްކާ ވާހަކަތައް އަޑުއަހަން ޖެހޭކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
"ކެތްތެރިކަން އިސްކުރަންޖެހޭ. އަނެކުން ދައްކާ ވާހަކަ އަޑުއެހުމުގެ ޤާބިލުކަން ހުންނަންޖެހޭ." އައްބާސް ވިދާޅުވިއެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު ކައުންސިލް އިންތިޚާބުގެ ނާކާމިޔާބަށްފަހު ރައީސް މުޢިއްޒު ގެންދަވަނީ ސަރުކާރު ހިންގެވުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު