އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަން ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އިންތިޚާބާ ގުޅޭ މުހިންމު ތަފްސީލުތަކާއި ތާރީޚުތައް ހާމަކޮށްފައެވެ. އެގޮތުން، މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން ރަސްމީކޮށް ހުޅުވާލާނެއެވެ.
ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 ކަމަށް އީސީން ބުނެއެވެ. ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ހާޒިރުވެގެންނެވެ.
ކޮމިޝަނުގެ ބަޔާނުގައިވާ ގޮތުން، ކެންޑިޑެސީ ފޯމު ހުށަހަޅާއިރު ކެންޑިޑޭޓުންނާއި އެ ފަރާތްތަކުގެ އިންތިޚާބީ އޭޖެންޓުންގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްފައިވާ ލިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން
ކުރުމަށް ތާވަލުކޮށްފައިވަނީ 2026 ޖޫން 8 ވާ ހޯމަ ދުވަހުއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަކަށް ހުޅުވާލީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން 12 އެޕްރީލް 2025 ގައި ކުރި ހުކުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު