ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން, އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް އަދި އިސްރާއީލް ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން, އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް އަދި އިސްރާއީލް ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ
މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

އުރުދުޣާން ވިދާޅުވީ، ސަރަހައްދީ ސުލްހައަށް ހުރަސްއަޅައި އިސްރާއީލުން "އަލިފާނާ ކުޅެން" މަސައްކަތްކުރާ ނަމަ، އެ ގައުމަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދެއްވާނެ ކަމަށެވެ. އަދި ލުބުނާނަށާއި އީރާނަށް ދޭ ކޮންމެ ހަމަލާއަކީ ސީދާ ތުރުކީއަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބައްލަވާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނާއި ލުބުނާންގައި ހިންގަމުންދާ އަމަލުތަކަކީ ބަރުބަރީ އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވަމުން، އުރުދުޣާން ވަނީ މީގެ ކުރިން ތުރުކީން ލީބިޔާ އާއި ގަރަބާގަށް ސިފައިން ފޮނުވި ފަދައިން، ފަލަސްތީނުގެ ހައްގުގައި އިސްރާއީލަށްވެސް ވަދެވިދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އިސްރާއީލުގެ އުދުވާންތައް ހުއްޓުވުމަށްޓަކައި ތުރުކީއަކީ އަސްކަރީ ގޮތުން ވަރުގަދަ ބައެއްގެ ގޮތުގައި އޮތުން މުހިންމު ކަމަށެވެ.

ދުނިޔޭގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އުރުދުޣާންގެ މި ވާހަކަފުޅަކީ މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ހަނގުރާމަ ފުޅާވެގެން ދިއުމާ މެދު އޮތް ކަންބޮޑުވުން ހާމަކޮށްދޭ ވާހަކަފުޅެކެވެ. މީގެ އިތުރުން، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވުމަށްވެސް އުރުދުޣާން ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު