ރައީސް ސާލިހު
ރައީސް ސާލިހު
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން ކާމިޔާބު ކުރެއްވީ 30 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ހަރަދުކޮށްގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތުހުމަތު ކުރައްވައިފިއެވެ.

އެމަނިކުފާނުގެ އުފަން ރަށް، ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޞާލިހު ވިދާޅުވީ، އެމްޑީޕީގެ މި ބާރުގަދަ ގޮނޑި ގެއްލެން މެދުވެރިވީ ސަރުކާރުން ފޯރުވި ނުފޫޒާއި، ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ އިތުރުން ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި އޮތް މާޔޫސްކަމުގެ ފައިދާ ސަރުކާރު ހިންގާ ޕާޓީން ނެގުމުން ކަމަށެވެ.

ނަމަވެސް، ދާދިފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހިންނަވަރުގެ އަޣުލަބިއްޔަތު ހޯދުމަކީ ރައްޔިތުން އަލުން އެ ޕާޓީއަށް އިތުބާރުކުރާކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މައުލޫމާތު ލިބިފައި އޮތް ގޮތުން ކަމަށްވެއްޖެއްޔާ އެފަހަރުވެސް އެ ގޮނޑި ކާމިޔާބު ކުރެއްވުމަށްޓަކައި މިހާރުގެ ކެންޑިޑޭޓް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ މި ދާއިރާއަށް ހަރަދު ކުރެއްވި. ރައީސް ވިދާޅުވިއެވެ.

އަދި 30 މިލިއަން ރުފިޔާ. މި ރަށުގެ ގޮނޑީގައި އެވަރުގެ އަގެއް ހުރީމަ އެއީ އަޅުގަނޑު އެކަމާ ދޭތެރޭގައި ފަހުރުވެރިވެސްވާ ކަމެއް، ކަމަށް ވެސް ސާލިހު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު